ދިވެހިންގެ ތެރޭގައިވެސް ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނަގާ މީހުން އިތުރު ވެއްޖެއެވެ. މިއިން ކޮންމެ މީހެއްގެ ވެސް އެއް ޝަކުވާއެއް އޮވެއެވެ. އެއީ ވާރޭ ވެހޭ ވަގުތުތަކުގައި ޑްރޯން ނުދުއްވޭ ފަހަރު އައުމެވެ. ނަމަވެސް މިޝަކުވާތަކަށް މިވަނީ ޙައްލެއް ލިބެން މިވަނީ ގާތްވެފައެވެ.

ޖަޕާނުން އުފައްދާފައިވާ މިޑުރޯންއަކީ މަތީގައި ހުންނަ ކުޑައެއްގެ އެހީގައ ވާރެއިން ސަލާމަތްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯންއެކެވެ.

މިއަންނަ އަހަރު މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ މިޑްރޯން 20 މިނެޓްވަންދެން އުދުހުމުގެ ޤާބިލްކަން ހުންނާނެ ކަމަށް މިޑްރޯން އުފެއްދި ފަރާތުން މައުލޫމާތުދެއެވެ. އަދި މިޑްރޯންގެ ބެޓެރި ވަރުގަދަކޮށް 1 ގަޑިއިރު ދުއްވޭ ގޮތަށް ފަރުމާ ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަށްވެސް މި ޑްރޯން އުފެއްދި ކުންފުނިން ބުނެއެވެ.

މިފަދަ ޑްރޯންއެއް މާކެޓްއަށް ނެރުން ވެގެންދާނީ ފޮޓޯގުރަޕީއަށް ލިބޭނެ އިތުރު ކުރިއެރުމަކަށެވެ. ސަބަބަކީ ވާރޭ ވެހޭ ވަގުތަކީ ގިނަ ރީތި ފޮޓޯ ނެގޭ ކަހަލަ ވަގުތަކަށް ވީނަމަވެސް ފޮޓޯ ނަގަން ގެންގުޅޭ ގިނަ އާލާތްތައް މިވަގުތު ތަކުގައި ބޭނުން ނުކުރެވޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަ ބަ ހަ

    ވައި ޖެހެންޏާ ތި ނަގަން ޖެހޭނީ އަރުވާ ގައުމު ނޫން އަނެއް ގައުމުން.