އަންހެނަކު އޭނާގެ ފިރިމީހާއަށް ހަދިޔާއެއްގެ ގޮތުގައި އޭނާ އިންސްޓަގްރާމުން ލައިކް ދީފައިވާ އަންހެނުންގެ ފޮޓޯތައް ދީފި އެވެ.

ޓިކްޓޮކް ކުޅޭ ގްލޯރިޔާ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ފިރިމީހާ އަށް މި ހަދިޔާ ދިން ވީޑިޔޯ 4.4 މިލިއަން މީހުން ބަލާފައިވާއިރު އެތައް ބައެއްގެ ފާޑުކިއުން ވަނީ މި އަންހެން މީހާ އަށް ލިބިފަ އެވެ.

@gr93la

What did you gets get your man for Valentine’s Day ?😁 #fyp #valentinesday #messytiktok #couplegoals #crazy #fypシ

♬ Bust Your Windows (Cover of Jazmine Sullivan) - Glee Cast

ފިރިމީހާ އާއި ދޭތެރޭ އަނބިމީހާ ދެކޭ ގޮތާއި ބެހޭގޮތުން ގިނަ ބައެއްގެ ހިޔާލު އެ ވީޑިޔޯގައި ފާޅުކޮށްފައިވާއިރު ފިރިމީހާ އަށް ދިން ހަދިޔާ ބަންދުކޮށްފައި އޮތީ ރަތް ކުލައިގެ ޕާރްސަލް ގަނޑެއްގައި އެވެ.

ގްލޯރިޔާ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެންމެންވެސް އެމީހުންގެ ލޯބިވެރިންނަށް މިދުވަހު ހަދިޔާ ދެމުން އަންނަ ކަމަށާއި އެހެންވެ އޭނާވެސް ލޯބިވެރިޔާއަށް ހަދިޔާ ދިނީ ކަމަށް އޭނާ ބުންޏެވެ.

ހަދިޔާ އަށް ދިން މި ފޮޓޯތައް ހުރީ ދަނޑިކޮޅުތަކެއްގައި ހަރުކޮށްފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަންހެން މީހާއަށް އަމާޒުވިއިރު ބައެއް މީހުން ވަނީ މި ހިޔާލަށް އޭނާ އަށް ޝުކުރުވެސް ކޮށްފަ އެވެ.

އެކަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނީ އޭނާ އަށް މިފަދަ ހަދިޔާއެއް ހެދުމަށް ބޮޑު ފޮއްޓެއް ބޭނުން ވާނެ ކަމަށެވެ. އަނެކަކު ބުނީ އަނބިމީހާ އަށް ބޮޑު ޓްރޮފީއެއް ދޭން ޖެހޭ ކަމަށެވެ. އަދި ފިރިމީހާ އެހެން އަންހެނުންގެ ފޮޓޯ އަށް ލައިކް ކުރުން އެއީ މައްސަލައެއް ތޯވެސް ބައެއް މީހުން ވަނީ ސުވާލު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު