ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލެކްސް އަރާޝް ލަބާފް ރާއްޖެ އަތުވެއްޖެ އެވެ.

އަރާޝް ރާއްޖެ އައިސްފައި ވަނީ އާއިލާ އާ އެކުގައެވެ. އަރާޝް ރާއްޖެ އައިސްފައި ވަނީ އަންހެނުން ބެހްނާޒް އަންސާރީ އާއި އެ މީހުންގެ ދެ ދަރިންނާއި އެކުގައެވެ. އެއީ ޑަރިޔާން ލަބާފް އާއި ޑޮންޔާ ލަބާފް އެވެ.

އެ މީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ލަކްސް މޯލްޑިވްސް ގައެވެ.

އަރާޝް އިންސްޓަގްރާމް ސްޓޯރީއަށް ލި ޕޯސްޓެއް

ލަކްސް މޯލްޑިވްސްގައި ޗުއްްޓީ ހޭދަކުރަމުންދާ ވަގުތުތަކުގައި ބައެއް ފޮޓޯތަކާއި، ބައެއް ވީޑިއޯތައް އަރާޝް ދަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އަރަޝްއަކީ ތަފާތު ލަވަތަކެއް ގެނެސްދިން މޮޅު ލަވަކިޔުންތެރިއެކެވެ. އީރާނަށް ނިސްބަތްވާ އަރާޝްގެ ގިނަ ލަވަތަކަކީ ދިވެހިންގެ ތެރޭަގައިވެސް މަޝްހޫރު ލަވަތަކެވެ. އޭނާގެ ބައެއް މަޝްހޫރު ލަވަތަކަށް ބަލާއިރު، ބްރޯކެން އޭންޖަލް، ވަން ޑޭ، އޯލްވޭސް، ޑޫސެޓް ޑަރަމް ހިމެނެއެވެ.

އަރާޝްއަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާއަކީ އެންޓަޓެއިނާއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ އަދި ޕްރޮޑިއުސަރެއްގެެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އަދި ބައެއް ޝޯވތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނައިބު ތުއްތު

  ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނޫސް ހިންގާމީހުން ފޮޓޯ ލުމުގައި ވިސްނުން މުހިންމު އެހެން ނޫނީ މިފެންނަ ހެދުންތަކަކީ ހުއްދަ ހެދުންތަކަކަށް ދެކި ބޭނުން ކުރުން އާއްމު ވެދާނެ

  11
  2
  • ތަޅު

   ސައްތައިން ސައްތަތޯ؟

 2. ޡ

  އެހެންމީހުންގެ ކިބައިގައި ހުންނަ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކުމުގެ ކުރިން ތިމާމެންގެ ތިހިރަ ފޮޓޯނެގުމުގެ މިންގަނޑު ރަނގަޅުކުރަންފެނޭ.