ޗޮކްލެޓަކީ ދުނިޔޭގެ ކަންކޮޅުތަކަށް ބަލާއިރުވެސް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. ޒަމާނުއްސުރެ ޗޮކްލެޓްއަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މަޤުބޫލު އެއްޗެއްކަން ހާމަވެގެންދިޔަ އެއް ކަމަކީ، ނަވާރަ ސަތޭކައިގެ ކުރީކޮޅު ކުރި ބޮޑު ހަނގުރާމައިގެ ދުވަސްވަރުވެސް މިއީ ޢާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅުނު އެއްޗަކަށް ވާތީއެވެ.

މިކަން މިގޮތުގައި އޮތްއިރު، ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ސިފައިން ގެންގުޅުނު 103 އަހަރު ވެފައި އޮތް ޗޮކްލެޓް ފޮއްޓެއް ދާދި ފަހުން ވަނީ ފެނިފައެވެ. މި ޗޮކުލެޓްފޮށި ފެނިފައިވަނީ ފްރާންސްއިންނެވެ. ބެލެވޭ ގޮތުގައި މިއީ ފުރަތަމަ ބޮޑު ހަނދުރާމައިގެ ދުވަސްވަރު ހަނގުރާމައިގައި ބައިވެރިވަމުންދިޔަ އެޤައުމުގެ ސިފައިންނަށް ހަދިޔާކޮށްފައިވާ ޗޮކުލެޓް ފޮއްޓެކެވެ.

މިޗޮކްލެޓް ފޮށި ފެނުނުއިރު މިޗޮކްލެޓް ފޮށިން އެންމެ ޗޮކުލެޓް އެއް ނޫނީ ދެން ހުރި ޗޮކުލެޓްތައް ހުރި ގޮތަށް ހަކާލުނުވެ ހުއްޓެވެ.

މިފޮށީގެ ތެރޭގައި ޗޮކްލެޓްގެ އިތުރުން މެޑަލް ތަކަކާއި އިތުރު އެހެން ސާމާނުތަކެއްވެސް ހުއްޓެވެ. މިތަކެތި ނިސްބަތްވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގައި މުހިންމު ރޯލެއް އަދާކުރި ރިޗާޑް ބުލިމޯއަށް ކަމަށް ވެއެވެ.

މިތަކެތި ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާއިރު، މިފަދަ ގޮތް ގޮތަށް ހޯދާ ތަކެތި ބޮޑު އަގުގައި މީގެ ކުރިންވެސް ވިއްކާފައި ވެއެވެ.