ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނިތަކާ އަރައި ހަމަކުރުމަށް ފޭސްބުކް އިން ވެސް ސްމާޓް ވޮޗެއް ނެރެން ނިންމައިފިއެވެ.

ދަ އިންފޮމޭޝަން އިން ރިޕޯޓު ކުރާ ގޮތުގައި ފޭސްބުކް އިން އެ ކުންފުނީގެ ފުރަތަމަ ސްމާޓް ވޮޗް އަންނަ އަހަރު ނެރޭ އިރު އަހަރުގެ ކުރީކޮޅު އިތުރު އުފެއްދުމެއްވެސް ނެރެފާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފޭސްބުކް އަކީ މީސްމީޑިއާގެ ވަސީލަތްތަކުގެ ތެރެއިން ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ އެއް ވަސީލަތެވެ. ފޭސްބުކް އިން ގަޑިއެއް ނެރޭކަން ހަތަރު ފަރާތަކުން މިހާރު މީޑިއާ އަށް ރިޕޯޓު ދީފައިވާއިރު އެ ގަޑި ސްމާޓް ފޯނުތަކާ ވެސް ގުޅައިލެވޭނެ ކަމަށް ބެލެވެއެވެ.

ފޭސްބުކް އިން އަލަށް ނެރޭ ގަޑި ނެރެނީ އިތުރު ކުންފުނިތަކާ ގުޅިގެން ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ. އެގޮތުން ގަޑީގެ ހާޑްވެއާ އާއި ސޮފްޓްވެއާ ފަރުމާކުރަނީ ޕެލޮޓަން އިންނެވެ.

އަލަށް ނެރެން ހަމަޖެހިފައިވާ ފޭސްބުކް ގަޑި ފުރަތަމަ ބޭނުން ކުރެވޭނީ އެންޑްރޮއިޑް ފޯނުގައެވެ. ނަމަވެސް ފަހުން އެ ކުންފުނިން އޮޕެން ސޯސް އެއް ދާއިމީ ގޮތަށް ބޭނުން ކުރާނެއެވެ. އަދި 2023 ގައި ސެކަންޑް ޖެނެރޭޝަންގެ ގަޑި އުފައްދާނެ ކަމަށް މީޑިއާ ރިޕޯޓު ކުރެއެވެ.