ދުނިޔޭގެ އެކި ހިސާބުތަކުގައި އާދަޔާ ހިލާފު ކަންކަން ކުރާ ވަރަށް ކުޅަދާނަ މީހުން އުޅެއެވެ. ގިނެސް ވޮލްޑް ރިކޯޑުން މިފަހަރު މިވަނީ ވަރަށް އާދަޔާ ހިލާފު ރިކޯޑެއް ދެމީހަކު މުގުރާލާފަ އެވެ.
މިނެޓެއް ތެރޭ 105 ފަހަރު ބައްދައި އިންޑިޔާގެ ދެމީހަކު މިވަނީ ގިނެސް ވޮލްޑް ރިކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ. މިނެޓެއް ތެރޭ ގިނަ ފަހަރަށް ބެއްދުމަކީ ބައެއް ފަރާތްތަކަށް އާދައިގެ ކަމަކަށް ވެދާނެ ކަން މިހާރު ޔަގީން ވެފައިވާއިރު ޑީ މަހޭޝް އާއި ޕްރަބްހަކަރް ރެޑީ މިވަނީ މި ރިކޯޑު މުގުރާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
އިންޑިޔާގެ އަދްރަ ޕްރަދޭޝްގެ ދެ ރައްޔިތުން މި ރެކޯޑް މުގުރާފައި ވާއިރު، މީގެ ކުރިން އެންމެ ގިނައިން ބެއްދި ރެކޯޑް އޮތީ ޖަޕާނު މީހެއްގެ އަގުތަ އެވެ. ސަޓޮރޫ ޝިބާޓާ ނަމަކަށް ކިޔާ ޗަޕާނު މީހާ ވަނީ މިނެޓެއް ތެރޭ 87 މީހުން ގައިގައި ބައްދާފައި އެވެ.
ކްރިޝްނާ ކުމާރް ނަމަކަށް ކިޔާ އިންޑިޔާ މީހަކު މީގެ ކުރިން ވަނީ މިނެޓެއް ތެރޭ 79 މީހުންގެ ގައިގައި ބައްދައި ރިކޯޑެއް ހަދައިފަ އެވެ.
ބެއްދުމުގެ ރެކޯޑު ހެދުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮތް އިރު ގިނެސް ވޮލްޑް ރިކޯޑުގެ ވެބްސައިޓުން މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބެން ހުންނާނެ އެވެ.
މިކޮވިޑްތެރޭ ކުރަން އެންމެ ރަގަޅު ކަންތައްތަ މިއީ؟
އަހަރެން ތާއީދު ގިނައިން ބެއްދުމައް.
2019 ގަ ހެދި ރެކޯޑެއްގެ ވާހަކަ މިހާރު ހަބަރެއްގެ ގޮތުގައި ތިޔަ ޖެހިއްޔޯ؟