ނިކީ މިޖާޖުގެ ބައްޕަ މަރާޖު 64އ، އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

މަޝްހޫރު ރެޕާ، ނިކީ މިޖާޖުގެ ބައްޕަ މަރުވީ ނިއު ޔޯކް ސިޓީގެ މަގެއްގައި ހިނގާފައި ދަނިކޮށް ކާރެއްގައި ޖެހިގެން ކަމަށް ފުލުހުންނާއި ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

މިދިޔަ ހުކުރު ދުވަހު ލޮންގް އައިލެންޑް ގެ މަގަކުން ރޮބާޓް މަރާޖް ހިނގާފައި ދަނިކޮށް މަގުން ދުއްވާފައި އައި ކާރެއްގައި ޖެހި މަރާޖް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުނެ އެވެ.

މަރާޖް މަރުވީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުނާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ. އަދި ހުކުރު ދުވަހު 6:15 ވީއިރު މަރާޖް އެކްސިޑެންޓް ވިތަން ފެނުނު ބައެއް ވާނަމަ ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

ނިކީ މިޖާޖުގެ ބައްޕަގެ މަރާއި ގުޅިގެން އޭނާ އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.