ކަލާޒްގެ ރިއަލިޓީ ޝޯވ ބިގް ބޮސްގެ 14 ވަނަ ސީޒަން ނިމެން ހަފްތާއަކަށް ވެފައި ވަނިކޮށް ބައިވެރިން ކަމުގައިވާ ރާހުލް ވެއިދްޔާ އަދި ރުބީނާ ދިލައިކް މިވަނީ ވެގެން ގޮސްފައިވާ ކަންތައްތައް ހަނދާން ނައްތާލައިފައި ކަމަށް ބުނެފައެވެ.

ބިގް ބޮސް 14 ޕްރޮމޯގެ ހާއްސަ މެހުމާނަކު މި ދެމީހުން ލަވައެއް ކިޔާދިނުމަށް އެދުނެވެ. ރާހުލް ޖާދޫ ތެރީ ނަޒަރުގެ ލަވައިން "ފާސްލޭ އޯރް ކަމްނަހޯ ދޫރްސެ ޕާސް ހަމް ހޯރަހޭ" ކިޔަން ފެށުމާއި އެކު ރުބީނާ ވެސް ރާހުލް އަށް ތަރުހީބު ދެމުން އޭނަ އާއި އެކު ނަށާލަން ދެއެވެ.

މީގެ ކުރީގައި މި ދެމީހުން ފެނިގެން ގޮސްފައިވަނީ އެކަކު އަނެކަކަށް އެކިވައްތަރުގެ ނަންތަކުން ގޮވާ ޒުވާބު ކުރުމާއި ހަޑި މުޑުދާރު ބަހުރުވައިން އެކަކު އަނެކަކަށް ވާހަކަ ދައްކައި އުޅޭ މަންޒަރެވެ.

ނަމަވެސް އެންމެ ފަހު އެޕިސޯޑްގައި ރާހުލްގެ ލޯބިވެރިޔާ ދިޝާ ބިގްބޮސްގެ ސެޓަށް އައިސް ކައިވެނި ކުރާނެ ކަމަށް ބުނެ ދިން ސަޕްރައިޒް ރާހުލްގެ ހިތް މިވަނީ ބަދަލުވެފައެވެ. ރާހުލް ވަރަށް ގިނަ ފަހަރު ދިޝާއާއި ބެހޭގޮތުން އޭނަގެ ހިތުގައިވާ ގޮތް ރުބީނާއާއި ހިއްސާ ކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ގިނަ ބައެއްގެ މެދުގައި މަގުބޫލް ކަން ހޯދާފައިވާ ބިގް ބޮސް ޝޯގެ މިސީޒަންގައި ވެސް އަދި ފާހަގަ ކޮށްލެވޭ އެތައް ކަމެއް ފެނިގެން ދާނެއެވެ. އޭގެތެރޭގައި ގޯނީ އާއި ރަކީގެ ދެމެދުގައި ހިނގާ ތަފާތު ކަންކަން ހިމެނެއެވެ.