ސްޓަރ ޕްލަސްގެ މަގުބޫލު ޑްރާމާ ''ޔޭ ހެއި މޮހައްބަތޭން'' އިން ފުރަތަމަ ފަހަރަށް ދިމާވި ބަތަލާ ދިވްޔަންކާ ތްރިޕާތީއާއި ވިވެކް ދާހިޔާ ލޯބީގެ ގޮތުން ގުޅިފައިވަނީ މި ޑްރާމާގެ ދުވަސްވަރުއެވެ. އަދި 2016 ވަނަ އަހަރު މި ދެމީހުން ކައިވެނިކޮށް ވަނީ އެ މީހުންގެ ސަޕޯޓަރުންނަށް ސިއްސުވާލައިފައެވެ.

ވިވެކްގެ ފަރާތުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެންނާތީ ވިވެކްއަށް ނޭނގި ދިވްޔަންކާ ވަނީ ވިވެކް ފޯނު ޗެކްކޮށްފައެވެ. އަދި އެކަން ވިވެކްއަށް އެނގިފައިވާ ކަމަށް ވެސް ވިވެކް ބުނެފައިވެއެވެ.

ވިވެކްއަށް ކިހައި އިތުބާރެއް ކުރަންތޯ ސުވާލު ކުރުމުން ދިވްޔަންކާ ބުނެފައިވަނީ އިތުބާރު ކުރުން އޮންނާނީ ވަގުތަށާއި ހާލަތަށް ބަރޯސާވެފައި ކަމަށެވެ. ކައިވެނީގެ ފުރަތަމަ ދުވަސްވަރު ވިވެކްއަށް ޝައްކު ކުރެވި، ދެތިން ފަހަރަކު އޭނާގެ ފޯނު ބެލި ކަމަށާއި ނަމަވެސް ފޯނުން އެއްވެސް އެކަހަލަ ކަމެއް ނުފެންނަ ކަމަށް ވެސް ދިވްޔަންކާ ބުނެފައިވެއެވެ.

ފޯނު ބެލިކަން ވިވެކްއަށް އެނގިގެން އެހުމުން ފޯނާއި ނުބެހޭ ކަމަށް ބުނެ އެއިރު ދޮގު ހެދި ކަމަށް ވެސް ދިވްޔަންކާ ބުނެފައިވެއެވެ. ނަމަވެސް މިހާރު އެކަހަލަ ޝައްކުތައް ނުކުރާ ކަމަށާއި ވިވެކްއަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް ވެސް ދިވްޔަންކާ ބުނެފައިވެއެވެ.

ދިވްޔަންކާ ސިއްރުން ފޯނު ބެލިކަން އެނގުނީ ކިހިނެއްތޯ ވިވެކްއާއި ސުވާލު ކުރުމުން އޭނާ ބުނީ އޭނާގެ ބައްޕަގެ ކާރު ދުއްވުމަށް ސިއްރުން ދިޔުމުން އޭނާގެ ބައްޕައަށް އެކަން އެނގުނުހެން ކަމަށެވެ.

ދިވްޔަންކާ ބުނެފައިވާ ގޮތުގައި އޭނާއާއި ވިވެކްގެ ދެމެދުގައި ހުރިހާ ކަމެއް ވެސް މިހާރު ބަރާބަރު ކަމަށާއި އެއްވެސް ކަމެއް ސިއްރު ކުރެވިފައި ނޯންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު