އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ލިބިފައިވާ އެއްވެސް އިމްތިޔާޒެއްގެ ބޭނުން ދުވަހަކު ވެސް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ޝާހީ އާއިލާގެ ޒިންމާތައް އަދާކުރަން އެނބުރި ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ޝާހީ އާއިލާގެ ޒިންމާތައް 2020 ވަނަ އަހަރު ދޫކޮށްލި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ވިދާޅުވެއްޖެއެވެ.

ޕްރިންސް ހެރީ މިހެން ވިދާޅުވީ އެމެރިކާގެ ޓީވީ ޝޯއެއް ކަމަށްވާ "ޓެލް އޯލް" އަށް ދިން އިންޓަވިއުއެއްގައެވެ. އޮޕްރާ ވިންފްރޭ ހުށަހަޅައިދޭ ޝޯގައި ހެރީ ބުނީ މިހާރު އޭނާ އަށް އޮތް ޝާހީ އާއިލާގެ ޝަރަފްތަކާއި އިމްތިޔާޒުތައް ވެސް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިމްތިޔާޒުތައް ދޫކޮށްލި ނަމަވެސް އަދި އަސްކަރިއްޔާ އިން އޭނާ އަށް އަރުވާފައިވާ ތިން ޝަރަފެއް އެބައޮތެވެ. މިހާރު އޭނާ ނިންމާފައި ވަނީ އެޝަރަފުތައް ވެސް ދޫކޮށްލާށެވެ.

މޭގަން އާއި ހެރީ އޮޕްރާ އަށް ދިން އިންޓަވިއު ބްރޮޑްކާސްޓް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުއެވެ. އެއިންޓަވިއުގައި ހެރީ އާއި މޭގަން ވަނީ ޝާހީ އާއިލާ އާއި ވަކިވެ ދެމަފިރިން ވަކި ދިރިއުޅުމަށް ފަށައިގަތް ސަބަބާއި މިހާރު އެމީހުންގެ ހަޔާތުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތުތައް ހިއްސާކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޭގަން އާއި ހެރީގެ ހާއްސަ އިންޓަވިއުއެއް ބްރޮޑްކާސްޓް ކުރަން ތައްޔާރު ވަމުން ދާއިރު މޭގަން ދެވަނަ ދަރިއަކަށް ބަލިވެއިން ކަން އާދީއްތަ ދުވަހު ދެކަނބަލުން ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަކީލް

    ދެން އޯކޭތާ! ޕައުންޑު ހުންނާނެ ބިލިޔަނުން އަތްމަތީގަ!

    6
    3
  2. މިސްރާބު

    މީ ނުލަފާ އަންހެނަކާޖެހި ފިރިހެނެއް އޭނާގެ އާއިލާ ދޫކޮށްލިވާހަކަ.

    މީ އެބުނާ މޮޅު ނުވި ސިކުނޑި ބަސްހުއްޓި ބަރުގޮނު އަޅަމުން ހިއްސުތައް ހޭލައްވާލިވާހަކަ.

    އިބުރަތަކަށް ފުދެނީ މިފަދަ އަންހެނުންގެ ޝަހުޝިއްޔަތުގެ އަމުރުން..ދުވާލު އިރުއަރަނީ ރޭގަނޑު ފިނިކޮށް ކަޅު ރޭގަނޑު އަނދިރިކުރަމުން....

    4
    2