ފިލްމީ ދާއިރާގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އިންޑިއާގެ އެކްޓަރު ސަންދީޕް ނަހަރް ދަންޖެހިގެން މަރުވެއްޖެއެވެ.

އެކްޓަރ ސަންދީޕް ނަހަރް ދަންޖެހިފައި އޮއްވާ ފެނިފައިވާ އިރު އޭނާ މަރުވުމުގެ ކުރިން ފޭސްބުކް އަށް ލާފައިވާ ނޯޓެއްގައި ބުނެފައި ވަނީ ބޮލީވުޑްގެ ފިލްމީ ދާއިރާގައި ތަފާތުކުރުން ގެންގުޅޭ ކަމަށާއި އޭނާގެ އަންހެނުންގެ އުނދަގޫވެސް ބޮޑު ކަމަށެވެ.

ނަހަރް މަރުވި އިރު އޭނާ ވަނީ އަކްޝޭ ކުމާރްގެ ފިލްމް ކެސާރީ އާއި ސުޝާންތު ސިންގް ފެނިފެންދާ އެމްއެސް ދޯނި ފަދަ ފިލްމުތައް ކުޅެފައެވެ.

މުމްބާއީގައި ހުންނަ ނަހަރްގެ އެޕާޓްމެންޓުގައި ނަހަރް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ އަންހެނުން ކަންޗަން އަށާއި ރައްޓެހީންނަށެވެ. އަދި އެސްވީއާރް ހޮސްޕިޓަލަށް ނަހަރް ގެންދެވުނު އިރު ވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ނަހަރް ވަނީ މަރުވުމުގެ ކުރީން އޭނާގެ ފޭސްބުކަށް ސޫސައިޑް ނޯޓަކާއި ނުވަ މިނެޓުގެ ވީޑިއޯއެއް ލައިފައެވެ. ނަހަރް ބުނީ އޭނާގެ އަންހެނުން އޭނާ އަށް ބްލެކްމެއިލްކޮށް އަނިޔާކުރާ ކަމަށާއި އަންހެނުންގެ މަންމަ ވެސް އެކަމުގައި ބައިވެރިވާ ކަމަށެވެ.

އިންޑިއާގެ ފުލުހުން ދަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަތަރޭ

  ދެން ތަފާތު ނުކުރާނެއްނޫން، އެހެދި ގޮތުން

  3
  1
 2. ހިލޭ

  އަނބިމީހާއާއި އާއިލާ މަޅިއަކަށް ފައްތާލާފައި އެ ދިޔައީ....

  4
  2
 3. މަރީ

  ތަފާތު ކުރާ ކަމަށް ބުނެ އެއް ނޫން މަރުވީ. އޭނަގެ އަނހެނުންގެ ވާހަކަ އޮތީ ނޯޓްގަ. ދެމީހުންގެ ޚިޔާލް ތަފާތު ވާހަކަ އާ އަންހެނުންނަށް އޭނަގެ އިހްސާސްތައް ނޭނގޭ ވާހަކަ.