އިންޑިއާގެ ޕަތްނާ ސިޓީގައި ސްކޫލް ކުދިންތަކެއް ރޭޕްކުރި މައްސަލައިގައި އެ ސްކޫލުުގެ ޕްރިންސިޕަލަށް މަރުގެ ހުުކުުމް އިއްވައިފިއެވެ.
ޕަތްނާގައި ހުންނަ ޕްރައިވެޓް ސްކޫލެއްގެ ކުދިންތަކެއް ރޭޕްކުރި މައްސަލަ ފެންމަތިވެެފައި ވަނީ 2018 ވަނަ އަހަރުއެވެ.
"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްކޫލް ކުދިންތަކެެއް ރޭޕްކޮށްފައިވާ މައްސަލައިގައި ހުކުމް އިއްވާފައި ވަނީ އަރްވިންދް ކުމާރު ކިޔާ މީހެއްގެ މައްޗަށެވެ. މަރުގެ ހުކުމް އިއްވުމުގެ އިތުރުން އޭނާ ވަނީ 50،000 ރުޕީސް އިން ޖޫރިިމަނާކޮށްފައެވެ.
މި ޕްރިންސިޕަލު ވަނީ އެ މަގާމުގައި ހުރެގެން 2018 ވަނަ އަހަރުގެ ތެރޭގައި ގްރޭޭޑް ފަހެއްގައި ތައުލީމް ހާސިލްކުރަމުުން ދިިޔަ ކުޑަ އަންހެން ކުދިިންތަކެއް ރޭޕްކޮށްފައެވެެ. މިިކަން ހަ މަސް ދުވަސް ވަންދެން އޭނާ ކުރި ކަމަށްވެއެވެ.
މި މައްސަލަ ފެންމަތިވެފައިި ވަނީ އެތަނުން ކުއްޖަކު 2018 ވަނަ އަހަރުގެ ތެރޭގައި، ސްކޫލް ނިންމާފައި ގެއަށް ގޮސް ހޮޑުލުމުގެ ސަބަބުން ބެލެނިވެރިޔާ އަށް މިކަހަލަ ތުހުުމަތެއް ކުރެވިގެން ޖެއްސި މައްސަލައަކާ ގުޅިގެން ކޮށްފައިވާ ތަހުގީގުންނެވެ. އުމުރުން އެންމެ 10 އަހަރުގެ އެ ކުޑަ އަންހެން ކުއްޖާ ވަނީީ ރޭޕްކުރުމުގެ ސަބަބުން ބަނޑު ބޮޑުވެފައެވެެ. އެ ކުއްޖާގެ ބަނޑުގައި އޮތް ދަރީގެ ޑީއެންއޭ އާއި ޕްރިންސިޕަލްގެ ޑީއެންއޭ ދިމާވާ ކަމަށް ވެއެވެ.
އިންޑިއާ ގާނޫނުގެ "ޖިންސީ މައްސަލަތަކުން ކުޑަކުދިން ރައްކާތެރި ކުުރުމުގެ" ގާނޫނުގެ ދަށުން ހުށަހަޅާފައިިވާ މިވާ މައްސަލައާ ގުޅިގެން ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުން ވަނީ މިކަން ތަހުގީީގުކޮށް ގިނަ ހެކިތަކެއް ހޯދައިފައެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ޕްރިންސިޕަލް ވަނީ ހައްޔަރުކޮށްފައެެވެ.
އިންޑިއާ އަކީ ރޭޕްގެެ މައްސަލަތައް ގިނަ ގައުމެކެވެ. ކޮންމެ އަހަރެއްގެ މައްޗަށް އެތައް ކުދިންނެއް އިންޑިއާގައި އަންނަނީ ރޭޕްކުރަމުންނެވެ.
އެމްޑީޕީ މީހެއްނަމަތާ ސަލާމަތް ކޮށްދެވޭނީ ވެސް.
ބަރާބަރު 👌👌👌