އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އެކަމަނާގެ 92 ވަނަ އުފަންދުވަސް ފާހަގަ ކުރެއްވީ މިދިޔަ އޭޕްރިލް މަހު އެވެ. އުމުރުން ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް ރަސްކަމުގެ ބާރުތައް ދަރިކަލުން ޕްރިންސް ޗާލްސް އަށް ދޫކޮށްލުމުގެ އެއްވެސް ވިސްނުންފުޅެއް ރާނީ އެލިޒަބަތު ނުގެންގުޅުއްވައެވެ. އެއީ އެކަމަނާ އަދިވެސް "މުސްކުޅި ނުވާތީއެވެ."

އުމުރުން ދުވަސްވި ނަމަވެސް ރާނީ އެލިޒަބަތު "މުސްކުޅި ނުވާކަމުގެ" ހެއްކަކީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހަށް ވުރެ ގިނަ ރަސްމީ ހަރަކާތުގައި ރާނީ އެލިޒަބަތު މިއަދުގެ ފުރަތަމަ ފަސް މަސް ދުވަސްތެރޭގައި ބައިވެރިވެ ވަޑައިގެންފައި ވާތީއެވެ. މިއަހަރު މިހާތަނަށް ރާނީ އެލިޒަބަތު ވަނީ ރަސްމީ 125 ހަފްލާގައި ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ ދަރިކަލުން ޕްރިންސް ޗާލްސް ބައިވެރިވެ ވަޑައިގެންނެވި ހަފްލާތަކަށް ވުރެ ވެސް ގިނަ ހަފްލާއެވެ. ޕްރިންސް ޗާލްސް އަށް ފަސް މަސް ދުވަސް ތެރޭގައި ބައިވެރިވެ ވަޑައިގެންނެވުނީ 83 ރަސްމިއްޔާތުގައެވެ.

ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތުގެ ސަރުކާރު ހިންގުމުގެ ރަސްމީ އެއްވެސް މަސައްކަތްޕުޅެއް ގައި ބައިވެރިވެ ވަޑައިގަންނަވާ ބޭކަނބަލެއް ނޫންނަމަވެސް ސަރުކާރު ހިނގަމުންދާ ގޮތުގެ މައުލޫމާތު ދުވަހުން ދުވަހަށް ބޮޑުވަޒީރު ރާނީ އާއި ހިއްސާކުރައްވަން ޖެހިވަޑައިގަންނަވައެވެ. އަދި ސަރުކާރާއި ދައުލަތުގެ ވަރަށް ގިނަ ރަސްމިއްޔާތުތަކުގައި އަބަދުވެސް ބައިވެރިވެ ވަޑައިގެން ރާނީ އެލިޒަބަތު އެރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދެއްވައެވެ.

އުމުރުން ދުވަސްވެފައިވާ ރާނީ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ދިޔަ ނަމަވެސް އުމުރުން ދުވަސްވެފައިވުމުން މިހާރު އެކަމަނާ ގައުމުން ބޭރަށް ވަޑައެއް ނުގަންނަވައެވެ. ގައުމުން ބޭރުގައި އިނގިރޭސިވިލާތުގެ ރަސްކަން ތަމްސީލް ކުރައްވަނީ ޕްރިންސް ޗާލްސްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނުރަބޯ

    އަޖަލުޖެހުމާއެކު އެންމެ ސިކުންތެއްގެ އިރުވެސް ލަސްނުކުރައްވާ ގެންދަވާނެ.

  2. ފާނޫޒު

    ތިޔައީ ލިޔަން ރީތި ވާހަކައެއްނޫން.. ޑިމޮކްަރސީގެ ނަމުގައި އިސްލާމުންނަށް އެއްޗެހި ކިޔާފަ ވެރިކަމުގައި ބައްދައިގެން ޓެކްސް ވެސް ނުދައްކާ ލަންޑަންގެ ބޮޑެތި ބިންތާއް އަތުލަްއިގެން ލަދެއް ނުގަނޭ

  3. އަޙްމަދް

    މި"އިންސާނެއްގެ ޢުމުރުން 92 އަހަރު"
    އެމީހަކަށް ގުނާ އަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަށް الله ދެއްވިއެވެ އެހެނަސް (77=15-92) ހޭބުއްދި ޖެހި 77 އަހަރު ހޭދަކޮއްލީ الله އަށް ޝިރްކު ކުރުމުގައެވެ.
    މި އަންހެނާގެ ހުރި ބޮޑާކަމާ ކިބުރު ވެެރިކަމުގެ ބޮޑުކަމާއޭ.

    • ޒާހިރު

      ތާއީދު

  4. މަ މިއު މަ

    ދެން ކީއްތަވެފަ އެހުރީ؟ މަށަށް ފެންނަނީ މުސްކުޅި އަންހެނެއް ހަމަ.

  5. ގަމާރު ނޫސްވެރިޔާ

    އެއީ މުސްކުޅި ޑަކައިތެއް.