ބޮލީވުޑުގެ މަޝްހޫރު ފަންނާނުން ކަމުގައިވާ ކަރީނާ ކަޕޫރު ޚާނާއި ކަރިޝްމާ ކަޕޫރު އަދި ރަންބީރު ކަޕީރުގެ ދެބެއިންގެ ދެދަރި އަރްމާން ޖެއިންއާއި އޭނާަގެ އެކުވެރިޔާ ސިވް ސެނާގެ ލީޑަރ ޕްރަތާބް ސަނައިކްގެ ދަރި ވިހާންގްގެ އާ ދެކޮޅަށް މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފައެވެ.

ފުލުހުން ބުނެފައިވަނީ ސިވް ސެނާގެ ލީޑަރ ޕްރަތާބު ސަނައިކްއަށް ޓޮޕްސް ގްރަޕްގެ ފަރާތުން ކޮށްފައިވާ މި ތުހުމަތުގައި އަރްމާންއާއި ކުށްވެރިވެފައިވަނީ ވިހާންގްއާއި ގާތްގުޅުމެއް އޮތުމުންނާއި އަދި ވިހާންގްއާއި އަރްމާންގެ ދެމެދުގައި ދެކެވިފައިވާ މުޢާމަލާތްތަކެއްގެ ސަބަބުން ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު އެޖެންސީއިން ވަނީ އަރްމާންގެ ގެ ބަލައި ފާސްކޮށްފައެވެ. އަދި އެޖެންސީއަށް ހާޟިރުވުމަށް އެންގުމުން އަމިއްލަ ސަބަބަކާއި ހުރެ އެޖެންސީއަށް ހާޟިރުނުވާ ކަމަށް ވެސް އެޖެންސީގެ ފަރާތުން ބުނެފައި ވެއެވެ.

ނަމަވެސް ވިހާންގްއާއި އަރްމާންގެ މުޢާމަލާތުގެ ސަބަބުން އަނެއްކާ ވެސް އެޖެންސީއަށް ހާޟިރުވުމަށް އަރުމާންއަށް ވަނީ އަންގާފައެވެ. ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު މި މައްސަލައިގެ ތަހުގީގަށް އެޖެންސީއަށް ހާޟިރުވުމަށް އަރުމާންއަށް އަންގާފައިވާކަން އެޖެންސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ވެސް އަރްމާންގެ ބޭންކު އެކައުންޓްތަކުން ވެސް މަނީ ލޯންޑްރިންނަށް ޝައްކު ކުރެވޭ ފަދަ މުޢާމަލާތްތައް ކޮށްފައިވާ ކަމަށް އެޖެންސީއާއި ހަވާލާދީ ނޫސް ރިޕޯޓްތަކުގައިވެއެވެ.

ބޮލީވުޑު ފިލުމީ އެއް އާއިލާ ކަމުގައިވާ ކަޕޫރު އާއިލާއިން މިދުވަސްވަރު ދަނީ އެ އާއިލާގެ މެމްބަރެއް ކަމުގައިވާ އެކްޓަރ ރާޖިވް ކަޕޫރު މަރުވުމުގެ ހިތާމަތައް ކުރަމުންނެވެ.

އަރްމާންގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ 2014 ވަނަ އަހަރު ނިކުތް ފިލުމު ''ލޭކަރު ހަމް ދީވާނާ ދިލް'' ގައި މަސައްކަތް ކޮށްފައެވެ.