ކޮކާ ކޯލާއަކީ ފިޒީ ޑްރިންކްސްތަކުގެ ތެރެއިން އެންމެ މަގުބޫލު ބާވަތެވެ. ކޮކާ ކޯލާގެ ޕްލާސްޓިކް ފުޅިއަކީ ތިމާވެއްޓާއި ބީރައްޓެހި އެއްޗެއް ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް އެ މީހުން ވަނީ މަސައްކަތް ފަށާފައެެވެ.

ކޮކާ ކޯލާ ކުންފުނީގެ ފަރާތުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކޮކާ ކޯލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ކަރުދާސް ފުޅި ބޭނުން ކުރުމަށް ނިންމައި މި ފުޅިތައް ޓެސްޓް ކުރުމުގެ މަރުހަލާ މި ވަނީ ފަށައިފައެވެ.

ކޮކާ ކޯލާ ކަރުދާސް ފުޅިއެއް ފަރުމާ ކުރުމާައި މި ކަންތައްތަކުގައި ކޮކާ ކޯލާ ކުންފުނިން ވަނީ ޕަބޮކޯއާއި ގުޅިފައެވެ. ތިމާވެށްޓާއި ރައްޓެހި މަސައްކަތްތަކެއް ކުރުމުގެ މިއީ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އެ ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ.

''އަހަރެމެންގެ އުއްމީދަކީ އެހެން ކަރުދާހެކޭ އެއްފަދައިން ކޮކާ ކޯލާ ކަރުދާސް ފުޅި ވެސް ނައްތާލެވޭނެ ފަދަ ގޮތަކަށް ހެދުން. އަދި މިއީ މިކަން ހާސިލް ކުރުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅު. މިއީ މުޅި ދުނިޔެއަށް ވެސް މުޅިން އައު ޕެކޭޖިންއެއް ކަމަށާއި މުސްތަގުބަލުގައި މި ފުޅި ފެންނާނެ'' ކޮކާ ކޯލާ ކުންފުނީގެ ޕެކޭޖިން އިނޮވޭޓިވް މެނޭޖަރ ސްޓިޖިން ފްރެންސެން ބުނެފައިވެއެވެ.

ނަމަވެސް މިހާރު ފަރުމާ ކުރެވިފައިވާ ޕުލާސްޓިކް ފުޅީގެ އެތެރޭގައާއި މަތިގަނޑުގައި ވެސް ޕްލާސްޓިކް ބޭނުން ކޮށްފައިވާނެ ކަމަށް ސްޓިޖިން ބުނެފައިވެއެވެ. އަދި ބޭނުން ކުރެވިފައިވާ ޕްލާސްޓިކަކީ އުކާލެވޭ ތަކެތިން އުފައްދާފައިވާ އެއްޗެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މި ހަރުފަތަށް ފަހު ދެން އޮތް ހަރުފަތުގައި އެހެން ކަރުދާހެކޭ އެއްފަދައިން އެއްލާލެވޭ ފަދަ ފުޅިއެއް ތައްޔާރު ކުރެވޭނެ ކަމަށާއި އަމާޒަކީ އެއްވެސް ޕްލާސްޓިކެއް ބޭނުން ނުކޮށް ތައްޔާރު ކޮށްފައިވާ ފުޅި ބޭނުން ކުރުން ކަމަށް ވެސް ސްޓިޖިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމްދާން

    އޭރުން ތި ފުޅިހަދަން ކަރުދާސް ހެދުމައް ގަސް ކަނޑާ ކަނޑާ ހުސްވާންފަށާނީ. ތީ ވަރައްގޯސް ނިންމުމެއް.

    7
    3
  2. އެމަންޖެ

    ދެން ތިޔަ ކަރުދާސް ފުޅި ހެދުމައް ކަރުދާސް ކޮންތާކުން ނެރެނީ. ގަސްތައް ކޮށައި ތިމާވެއްޓައް ގެއްލުމެއްނުވާނެ އޭރަކައް.

    3
    3