ފައިދިގު މަކުނު ވަރަށްވެސް ގިނަ މީހުން ބިރު ގަންނަ އެއްޗެކެވެ. ޚާއްސަކޮށް އަންހެން ވެރިންނަށް ބޮޑު ފައިދިގު މަކުނެއް ފެނިއްޖެނަމަ ދުވަސް ދިޔައީއެވެ. އަދި ފައިދިގު މަކުނުން ސަލާމަތްވުމަށް އެވެރިން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.

މިގޮތުން އެމެރިކާގެ އަންހެނެއް ކަމުގައިވާ ޑެމީ ފައިދިގު މަކުނަކުން ސަލާމަތްކަން ހޯދުމަށް އޯޑަރު ކުރީ ކާތަކެއްޗެވެ.

ޑެމީ އޭނާގެ ޓުވިޓަރގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ފައިދިގު މަކުނުދެކެ ގަންނަނީ އަމަށަކު ބިރެއް ނޫން ކަމަށާއި ފައިދިގު މަކުނެއް ދުވާތަން ފެނިއްޖެނަމަ ބޯއަބުރާ ގޮތްވެސް ވާކަމަށެވެ. އަދި ގޭގައި އިތުރު މީހެއް ނޫޅޭތީ، ފައިދިގު މަކުނުން ސަލާމަތްވުމަށް ކާތަކެތި އޯޑަރު ކުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިޕޯސްޓްގައި އޭނާ އިތުރަށް ބުނެފައިވަނީ މިގޮތަށް ކަންތައް ކުރީ ކާތަކެތި ހިފައިގެން އަންނަ މީހާ ފައިދިގު މަކުނުން އެމީހާ ސަލާމަތްކޮށްދޭނެ ކަމަށް ލަފާކޮށް ކަމަށާއި އަދި އެކަން ހިނގީ ހަމަ އެގޮތަށް ކަމަށެވެ.

ޑެމީވަނީ ކާތަކެތި ހިފައިގެން އައި މީހާ އެ ފައިދިގު މަކުނުން އޭނާ ސަލާމަތްކޮށްދީފައިވާތީ އެމީހާއަށް ޝުކުރު އަދާކޮށް ޓުވިޓަރގައި އިތުރު ޕޯސްޓެއްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާޝަކީލާ

    ލިޔުންތެރިޔާ މާލި ތި މާނަކުރައްވަނީ ކޮން އެއްޗަކަށްތޯއެވެ؟ ފައިދިގު މަކުނަށްތޯއެވެ؟ އެހެންކަމަށްވާނަމަ ރަށުގައި ކިޔާ ގޮތުގެ އިތުރުން ރަދީފުގައި ލަފުޒު އޮންނަގޮތްވެސް ލިޔުއްވުން ވަރަށް މުހިއްމުކަމަށް ދެކެމެވެ. ނޫންނަމަ ކިޔުންތެރިންނަށް ވަރަށް ބޮޑަށް އޮޅުން އެކަށީގެންވެއެވެ.

    • Anonymous

      ޙިހިހިހި