އެމެރިކާގެ އިލިނޮއިސްގެ ކުރީގެ ރީތީގެ ރާނީ ކެރޮލީނާ ޖެސްކޯ މަތީ ތައުލީމު ހާސިލު ކުރި ދުވަސްވަރު ނިޔަފަތިތައް ޒީނަތްތެރި ކުރުމަށް ވަނީ އެތައް ފަހަރެއްގެ މަތިން ސެލޫން ތަކަށް ދިޔައެވެ. މަހެއްގެ ތެރޭގައި ދެތިން ފަހަރަށް ސެލޫންއަށް ދިޔުމުން ސެލޫންގެ މީހެއް ވަނީ އޭނާގެ ބޮޑުވާ އިނގިލީގައި އިންފެކްޝަނެއް އުފެދިފައިވާ ކަމަށް ބުނެފައެއެވެ.

ޖަރީކޮށްފައިވާ އާޓިފިޝަލަމް ނިޔަފަތިތައް ބޭނުން ކުރާ ކެރޮލީނާގެ ނިޔަރޮދި ކައިރީގައި ކަޅު ކުލައިގެ ރޮނގެއް ހުރިކަން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެނގުމުން އޭނާއާއި އޭނާގެ މަންމަ އެކަމާ އަޅައިނުލައި އެއީ އާދައިގެ ކަމަކަށް ހަދައި އެކަން ދޫކޮށްލުމުން، އެކަމުގެ ސަބަބުން މިހާރު ވަނީ ކެންސަރު ޖެހިފައެވެ.

ނަމަވެސް ފަހުން ނިޔަރޮދި ކައިރި ރަތްވެ ދުޅަވާން ފެށުމުން ޗިކާގޯގެ ޑޮކްޓަރަކަށް ދެއްކިއެވެ. ޓެސްޓްތައް ހެދުމުން އެނގުނީ އެއީ ހަމަށް ޖެހޭ ކެންސަރު ''މެލަނޮމާ''ކަމެވެ. ޑރ. ވިޝާލް ޕަޓޭލް ބުނެފައިވަނީ ނިޔަރޮދި ކައިރިން ތަފާތު އެކިއެކި ހަމުގެ ކެންސަރުތައް މިހާރު ވަރަށް ގިނައިން ޖެހޭ ކަމަށެވެ.

ކެރޮލީނާގެ އާއިލާއަކީ ހަމުގެ ކެންސަރު ބަލިޖެހޭ އާއިލާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. 2018 ވަނަ އަހަރުގެ އިލިނޮއިސްގެ ރީތީގެ ރާނީ ކެންސަރު ބަލިން ސަލާމަތްވުމަށްޓަކައި ވަނީ އޭނާގެ ބޮޑުވާ އިނގިލީގެ ނިޔަފަތި އެއްކޮށް ނަގާފައެވެ.

ބޮޑުވާ އިނގިލީގެ ނިޔަފަތި ނަގާފައިވާތީ އެކަމާ ލަދުން އަހަރެއް ވަންދެން އެ އިނގިލީގައި ބޭސް މަލަން އަޅައިގެން އުޅުނު ކަމަށް ވެސް ކެރޮލީނާ ބުނެފައިވެއެވެ.