އުރަމަތީގެ ކެންސަރު ޖެހި ފަހު ސުޓޭޖްގައި އޮތް މީހަކު މެޑިކަލް ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ރަނގަޅު ވެއްޖެއެވެ.

އެމެރިކާގެ ފުލޮރިޑާގެ އުމުރުން 49 އަހަރުގައި ކެންސަރަށް ޕޮޒިޓިވްވިކަން އެނގުނުއިރު، މިމީހާ ދުނިޔޭގައި ހުންނާނެ ކަމަށް ޑަކްޓަރުން ބުނެފައިވަނީ 3 އަހަރުއެވެ. މިމީހާއަށް ކީމޯތެރަޕީ ދިންނަމަވެސް ހަށިގަނޑު އުފެދިފައިވާ ކެންސަރު ސެލްތައް މަރުވާ ގޮތެއް ނުވިއެވެ. އަދި ކެންސަރު ދުވަހެއް ދުވަހަކަށް ދިޔައީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރެމުންނެވެ. މިގޮތުން ޗަސް މެޔަށްވެސްވަނީ ކެންސަރުގެ އަސަރުކޮށްފައެވެ.

މިމީހާ ކެންސަރު ބަލިން ރަނގަޅުކޮށްފައިވަނީ "ޓީ- ސެލް އިމިއުނޯތެރަޕީ " ކިޔާ ފަރުވާ އެއްކޮށްގެނެވެ. މިއީ މިގޮތަށް ފަރުވާކޮށްގެން ކެންސަރު ބަލިން މީހެއް ސަލާމަތްވި ފުރަތަމަ ފަހަރެވެ. "ޓީ- ސެލް އިމިއުނޯތެރަޕީ"އަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަ ދިފާއި ނިޒާމުގެ ސެލްތައް ބަދަލުކޮށް، ދިފާޢީ ނިޒާމުގެ ބޭނުންކޮށްގެން ޓިއުމަރ ސެލްތަކާ ހަގުރާމަކޮށް އެސެލްތައް ނައްތާލުމަށް ކިޔާ ނަމެކެވެ.

މިމީހާ ފަރުވާ ކުރި، ނޭޝަނަލް ކެންސަރ ޔުނިވަރ ސިޓީގެ ހެޑް ޑރ.ސްޓީވެން ވިދާޅުވެފައިވަނީ މިއީ ކެންސަރު ބަލީގެ ފަރުވާ ހޯދުމަށް ކުރިޔަށްދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި މުސްތަޤްބަލުގައި މިފަދަ ގޮތަކަށް އެހެން ގުނަވަންތަކަށް ޖެހޭ ކެންސަރުވެސް ރަނގަޅު ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު