ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އަމީތާބުގެ އަންހެނުން އެނބުރި ފިލްމީ ދާއިރާއަށް ނިކުންނަން ނިންމައިފިއެވެ.

އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަން ކައިވެނިކޮށްފައި ވަނީ 1973 ވަނަ އަހަރުއެވެ. ކައިވެންޏަށް ފަހު ފިލްމީ ދާއިރާގައި ޖަޔާ ފެނިގެން ދިޔައީ ވަރަށް މަދުންނެވެ. އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި ސިލްސިލާ، ހަޒާރް ޗައުރާސީކީ މާ ތެރޭ ފަދަ ފިލްމުތައް ހިމެނެއެވެ.

ޖަޔާ ބައްޗަން ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ކަބިހުށި ކަބިގަމް، ކަލް ހޯ ނަ ހޯ ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ވަނަ އަހަރު ކުޅުނު ސަންގްލާސްއެވެ. މި ފިލްމަކީ ނަސީރުއްދީން ޝާހް އާއި އެއްކޮށް އޭނާ ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒް ކޮށްފައި ނުވެއެވެ.

ކެމެރާގެ ކުރިމައްޗަށް އެތައް އަހަރެއް ވަންދެން ދުރުގައި ހުރެފައި އަރާއިރު ޖަޔާ ކުޅެނީ މަރާތީ ސިނެމާގެ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ ގަޖެންދްރާ އަހެރާ އެވެ. އޭނާ މިހާތަނަށް 50 ފިލްމު ޑައިރެކްޓު ކޮށްފައެވެ. އޭނާ ޑައިރެކްޓު ކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ޝެވްރީ، އަނޫމާތީ، ދަ ސައިލެންސް ހިމެނެއެވެ.

އަހީރޭ ޖަޔާޖީ ޑައިރެކްޓް ކުރާނީ މާރިޗް މަހުގައެވެ. މި ފިލްމު 20 ދުވަސްތެރޭގައި ނިމޭނޭ ކަމަށް އޭނާ ބުނެއެވެ.