ވިހެެއުމުގެެ ތެރޭގައި ދިމާވި މައްސަލައެއްގެ ސަބަބުން އަންހެނަކު އުމުރު ދުވަހަށް ނުތެދުވެވި އޮންނަން ޖެހިއްޖެއެވެ.

އެމެރިކާގެ ސިޓީއަކަށް ނިސްބަތްވާ ވިކްޓޯރިއާ ކޮން ނަމަކަށް ކިޔާ އުމުރުން 29 އަހަރުގެ އެ އަންހެން މީހާ އޭނާގެ އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ވަނީ އަބަދު ތަނެއްގައި އޮށޯވެ އޮތުމަށް މަޖުބޫރުވެފައެވެ. ކޮޅަށް ތެތުވާ ކޮންމެ ފަހަރަކު ސިކުނޑީން ފެެން ބޭރުވުމުގެ ސަބަބުން ބޮލަށް ތޫނު ތަދެއް އަރާ ކަމަށް ވެެއެވެ.

ވިހެއުމަށް ފަހު މި މައްސަލަ ދިމާވާތީ އެކަން ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ރަނގަޅުވާނެ ކަަމަށް ޑޮކްޓަރުން އުންމީީދު ނުކުރާ ކަމަށް ވިކްޓޯރިއާ ވަނީ ''ނިއުސް ވަޔަ" އަށްް ބުނެފައެވެ.

"ޑޮކްޓަރުން ބުނީ ރަނގަޅެެއް ނުވާނެއޭ މިކަމެއް. ކޮންމެެ ފަހަރަކު ކޮޅަށް ތެދުވާ އިރަށް ބޮލަށް ގަދައަށް ތަދުވަނީ ސިކުނޑިން ފެެން ބޭރުވާތީއޭ. އަދި އެެކަން ހައްލެއްވެސް ނުކުރެވޭނެއޭ" ވިކްޓޯރިއާ ވަނީީ ބުނެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި މި ތަދު ހަމައެކަނި ވަނީ ކޮޅަށް ހުންނަ އިރުއެވެެ. އޮށޯންނަ އިރަށް މިކަން އެއްްކޮށް ރަނގަޅުވާ ކަމަށް އޭނާ ވަނީ ބުނެފައެވެެ. އޭނާ ބުނެފައިވާ ގޮތުގައިި ކޮޅަށް ތަދުވެ ނޫޅެވުމުގެ ސަބަބުން އެންމެެ ނުވަ މަހުގެ އޭނާގެ ދަރިފުޅުގެ ހުރިހާ ކަމެއް އަދި ގޭތެރޭގެ ގިނަ މަސައްކަތްތައް ވެެސް ކުރަނީ އޭނާގެ ފިރިމީހާއެވެ.

ވިހެއުމުގެ ތެރޭގައިި ދިމާވާ މިފަދަ މައްސަލަތަކަށް ދުނިޔޭގެ އެކިި ކަންކޮޅުތަކުގައި ގިނަ ބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު