ދުބާއީގެ ޒުވާން ފިރިހެނަކު އޭނާގެ ލޯބިވެރިޔާ އަށް ޖަމަލެއް ހަދިޔާއެއްގެ ދިނުމަށް ފަހު ވަރަށް އުފަލުން ހުއްޓައި ފުލުހުން އޭނާގެ ގެއަށްވަދެ އޭނާ ހައްޔަރު ކޮށްފިއެވެ.

ލޯބިވެރިޔާ އަށް ޖަމަލެއް ދިން މީހާ ހައްޔަރު ކުރީ އޭނާ ލޯބިވެރިޔާއަށް ދިން ޖަމަލަކީ ޖަމަލުތައް ބަލަހައްޓާ ތަނަކުން ވަގަށް ނަގައިގެން ދިން ޖަމަލަކަށް ވާތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހައްޔަރު ކުރުމުން ވެސް ޖަމަލު ވަގަށް ނެގި މީހާ ފުރަތަމަ ވަނީ ދޮގު ހަދާފައެވެ. ފުލުހުންގެ ގާތުގައި އޭނާ ބުނީ ޖަމަލަކީ އޭނާ އަށް މަގުމަތިން ފެނުނު ޖަމަލެއް ކަމަށެވެ. އެޖަމަލު ފެނުނީ އޭނާ ގެންގުޅޭ ޖަމަލު ކޮއްޓަކާއި ވެސް ކައިރިން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ އޭނާ ލޯބިވެރިޔާ އަށް ދީފައި ވަނީ މީގެ ހަފްތާއެއް ކުރިން ގެއްލިގެން އެހެން ދަނޑުވެރިޔަކު ރިޕޯޓް ކުރި ޖަމަލެއްކަން ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޖަމަލު ވަގަށް ނެގި މީހާ ފަހުން ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާ ލޯބިވެރިޔާއަށް ޖަމަލެއް ދިނީ ލޯބިވެރިޔާގެ އުފަން ދުވަހު ހަދިޔާއެއްގެ ގޮތުންނެވެ. އެއީ ވަގަށް ނެގި ޖަމަލެއް ކަމަށް ވެސް އޭނާ މިހާރު ވަނީ ފުލުހުން ކައިރީގައި އިއުތިރާފު ވެފައެވެ.

ފުލުހުން މިހާރު ވަނީ އޭނާގެ މައްޗަށް ވައްކަން ކުރުމާއި، ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަން ނިންމާފައެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި ޖަމަލަކީ ވަރަށް އަގުބޮޑު ޖަނަވާރަކަށް ވުމުން ޖަމަލު ވަގަށް ނެގުމުގެ މައްސަލަތައް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ފުލުހުން ތަޙްޤީޤު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ނެތް ފެންވަރުންވެސް ހަދިޔާ ދޭންޖެހޭބާ ؟

    • ފޭރޭ

      ދިވެހި ޕާޓޭން ވެސް އުޅޭނެ ތިހެން..