ކައިވެންޏެއް ކޮށްގެން ހުރެ ނުވަތަ ލޯބިވެރިޔަކު ހުރެ އެހެން މީހަކާއި ވާހަކަ ދެއްކުން އަދި އެއީ ބޭވަފާތެރިވުން ކަމަކަށް ނުވާނެއެވެ. ނަމަވެސް ސުވާލަކީ ތިމާ އަމިއްލަ ދިރިއުޅުމެއްގައި އުޅެމުން ރަތް ރޮނގު ހުރަސް ކުރުން ކަމަށް ވާނީ ކިހައި ހިސާބަކަށް ދިއުމުން ހެއްޔެވެ. އެހެން މީހަކާއި އެކު އެކަހެރި ވުމުން ހެއްޔެވެ؟ ނުވަތަ އެހެން މީހަކަށް މެސެޖެއް ކުރުމުން ހެއްޔެވެ؟

އެމެރިކާގެ ޓެކްސްސް ޔުނިވަސިޓީގެ ތަޖުރިބާކަރަކު ބުނީ ކުރީގެ ލޯބިވެރިޔާ އަށް ނުވަތަ ކުރީގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މެސެޖެއް ކޮށްލުން އެއީ އަދި ބޭވަފާތެރިވުން ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި އޭނާ މަތިން ހަނދާންވުން އެއީ ވެސް މިހާރުގެ ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވުމެއް ނޫން ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ދެމީހުންގެ މެސެޖްތައް ގިނަވެ، ފޯންކޯލްތައް ދިގުދެމިގެން ގޮސް ދެމީހުން އެކަކު އަނެކަކަށް ފްލާޓް ކުރާނަމަ ޖިސްމާނީ ގުޅުމެއް ނެތް ނަމަވެސް ދެމީހުންނަށް އެވަނީ ރަތް ރޮނގު ހުރަސް ކުރެވިފައި ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ސަބަބަކީ އެއަމަލުތަކުގެ ސަބަބުން މިހާރު ހަޔާތުގެ ބައިވެރިޔާ އާއި އެކު ރަނގަޅު ގުޅުމެއް ކުރިއަށް ނުގެންދެވޭނެތީއެވެ. އެހެންކަމުން އެކްސް އާއި ބައްދަލު ނުކޮށް ވެސް އެކްސް އަށް ހިތް ކިޔާ އޭނާ އާއި ދެކެވޭ ވާހަކައެއްގެ ސަބަބުން އެއީ ބޭވަފާތެރިވުމުގެ މާނައިގެ ތެރެއަށް ފެއްތިދާނެ ކަމެކެވެ.

މިފަދަ ކަމެއް ކުރެވިއްޖެނަމަ އަމިއްލަ އަށް ވިސްނަންވީ ކަމަކީ ތިމާ ކުރިއަށް ދާންވީ ކާކާއި އެކުހެއްޔެވެ؟ ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު ވާންވާނީ ތިމާގެ އަމިއްލަ އުފަލެވެ. މިހާރުގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ ލޯބިވެރިޔާ ކައިރިން އުފަލާއި ހިތްހަމަޖެހުން ނުލިބޭނަމަ އަވަހަށް އެހެން ބައިވެރިޔަކު ހޯދަން ވީއެވެ. މިހާރުގެ ބައިވެރިޔާ ދެރަވާނެ ކަމަށް ހީކޮށް ތިބާގެ ހަޔާތް ގުރުބާން ނުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މެރިއޭޖް

    ކައިވެންޏެއް ކޮށްގެން ހުރެ ނުވަތަ ލޯބިވެރިޔަކު ހުރެ އެހެން މީހަކާއި ވާހަކަ ދެއްކުން އަދި އެއީ ބޭވަފާތެރިވުން ކަމަކަށް ވަނީ....

    4
    1
  2. ލާރާ

    ނޫނޭ މާފޮޅުވަންވީ ހަމަ ، ކޮންކަމެއް އެމީހަކަށްނުން ފާފަވާނީ

  3. ނުޒޫ

    އާން.. އެއީ އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ސިއްރުން ކަމުގަވަނީނަމަ ބޭވަފާތެރިވުން. އެކަހަލަ ފިރިންނަށް ނުވަތަ އަނބިންނަށް ޖެހޭނީ ގްޑްބައި ކިޔަން. އިންޝާ ﷲ އެއަށްވުރެން ރަނގަޅު ބައިވެރިއަކު ދެއްވަވާނެ.