މީގެ އެއް މިލިއަން އަހަރު ކުރީން ދުނިޔޭގައި އުޅުނު ޖަނަވާރެއްގެ ޑީއެންއޭ ސީކުއެންސް ހޯދައިފި އެވެ.

ދުނިޔޭގެ ސައިންސްވެރިން ހޯދާފައިވާ މި ޑީއެންއޭ ސީކުއެންސް ފެނިފައި ވަނީ މަމޮތް(އެތުގެ ވައްތަރެއް) އެއްގެ ދަތަކުންނެވެ. މި ދަތް ފެނިފައި ވަނީ އީސްޓަން ސިބޭރިއަން ޕާމަފްރޮސްޓް(ގަނޑުފެން) އިންނެވެ.

ފޮޓޯ: ގޫގުލް

ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ ނޭޗަރ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ސައިންސުވެރިން ހޯދާފައިވާ މި ޑީއެންއޭ ފެނުނީ އެތުގެ އަނގައިގެ ބޭރަށް ނިކުމެފައި ހުންނަ ދަތުން ކަމަށެވެ. މިއީ 1970 ގައި ކޮނެގެން ފެނުނު ދެ އެތުގެ ދަތް ކަމަށް އެ މަޖައްލާގައި ބުނެ އެވެ.

އެންމެ ގިނަ ދުވަސްވީ ކަމަށް ބެލެވޭ މި އެތަކީ 1.3 ނުވަތަ 1.6 މިލިއަން އަހަރު ކުރީގައި އުޅުނު އެތެކެވެ. މި ޖަނަވާރުގެ ޑީއެންއޭ ހޯދުމުގެ ކުރިން އެންމެ ކުރީގައި އުޅުނު ކަމަށް ބެލެވުނު ޖަނަވާރުގެ ޑީއެންއޭ އަކީ 560،000 ނުވަތަ 780،000 ވަރަކަށް އަހަރު ކުރިން އުޅުނު އަހެއްގެ ޑީއެންއޭ އެވެ.

ސްޓޮކޯމްގެ ސެންޓަރ ފޯ ޕަލެއޮޖެނެޓިކްސް ޕްރޮފެސަރެއް ކަމަށްވާ ޑަލެން ބުނީ އަލަށް ހޯދުނު މި ޑީއެންއޭ އަކީ ވަރަށް އިހުގެ އެއްޗެއް ކަމަށެވެ. މީގެ ސާމްޕަލް ތަކަކީ ވައިކިންގްސް ގެ މިހާރު ފެންނަން ހުރި ސާމްޕަލް ތަކަށްވުރެ ހާސްއަހަރު ކުރީގެ އެއްޗިސް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިބޯކިބާ

    ވައިކިންގ މީހުން އުޅުނީ މީގެ ހާހެއްހާ އަހަރު ކުރިން. މިލިއަނަކާ ހާހަކާ ހުންނަނީ ހާހެއްގެ ތަފާތެއްނޫންކަންނެ.

    5
    1
  2. Anonymous

    ތި ނުކާތި!!!!!