އިންޑިޔާގެ ޓީވީ އެކްޓްރެސް ކަޝިޝް ދިވެހިރާއްޖެއަށް އައިއްސި އެވެ.

ސްޓާ ޕްލަސް އިން މަޝްހޫރުވި ބަތަލާ ކަޝިޝް، އަސްލު ނަމުން ނަމަ އަމްނާ ޝަރިފް އަކީ ދިވެހީންނަށް އާ މޫނަކަށް ނުވާނެ އެވެ. 2003 ވަނަ އަހަރުން 2007 ވަނަ އަހަރުގެ ނިޔަލަށް ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ ކަހީ ތޯ ހޯގާ އާއި ހަމަ އެ ޗެނަލުން ގެނެސްދިން ޑްރާމާ ސިލްސިލާ ކަސޯޓީ ޒިންދަގީކީ 2 (2019-2020) ގައިވެސް އަމްނާ ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.

 

View this post on Instagram

 

A post shared by aamna sharif (@aamnasharifofficial)

އުމުރުން 38 އަހަރުގެ އަމްނާ ރާއްޖެއަށް އައިސް ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމަށް ލާފައިވާއިރު އޭނާ މިހާރު ހުރީ ކަނޑިމަން ރިސޯޓުގައި އެވެ.

2013 ވަނަ އަހަރު އަމިތް ކަޕޫރް އާއި ކައިވެނިކޮށް 5 އަހަރުގެ ކުއްޖަކުވެސް އަމްނާގެ ހުރެ އެވެ. ފިލްމީ ހަޔާތުގައި އެތައް އެވޯޑެއްވެސް ހާސިލްކޮށްފައިވާ އަމްނާ އަދިވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ.

 

View this post on Instagram

 

A post shared by aamna sharif (@aamnasharifofficial)

އަމްނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އަލީ ޗާޓް، އޭކް ވިލަން އަދި އާއޯ ވިޝްކަރޭ ފަދަ ފިލްމުތައް ހިމެނެ އެވެ. އަމްނާ ވަނީ މީގެ އަހަރުތަކެއް ކުރީން ރާއްޖެއަށް އައިސް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު ވީޑިއޯ ލަވައެއްވެސް ކުޅެފަ އެވެ.

ލާމަސީލު ސޫރަ ނަމަކަށް ކިޔާ މި ލަވަ އަކީ ވިދާ ތަރި ނަމަކަށް ކިޔާ އަލްބަމެއްގެ ލަވަ އެކެވެ. މި ލަވަ ކިޔާފައި ވަނީ ރާއްޖޭގެ ކުރީގެ ލަވަކިޔުންތެރިޔާ ބާރީ އެވެ.