ޕާކިސްތާންގެ މަގުމަތީގައި ސައި ވިއްކަން އިންދާ މީހަކު ނެގި ފޮޓޯއެއްގެ ސަބަބުން ބޮޑު ސަމާލުކަމެއް ލިބުނު އަރުޝަދު ހާން ނުވަތަ ޗައިވާލާ މަތިން ހަނދާން ކުރީ ކިތައް މީހުން ހެއްޔެވެ؟ އޭނާގެ ރީތި ކަމުގެ ސަބަބުން އެތައް އަންހެނުންނެއްގެ ސަމާލުކަން ލިބި އެންމެ ފަހުން ފިލްމުތަކުންނާއި ލަވަތަކުން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ.

މިފަހަރު މިއޮތީ މިއޮތީ އެފަދަ ކަމެކެވެ. ނަމަވެސް މިފަހަރު ސައި ވިއްކާ މީހެއް ނޫނެވެ. މިފަހަރު ސަމާލުކަން ލިބިފައި ވަނީ ކަރާ ކޮށުމަށް ފަހު ކަރާ ފޮތިތައް ވަކިވަކިން ވިއްކަން އިން ޕާކިސްތާންގެ މުހައްމަދު އަވައިސް އެވެ. ޕާކިސްތާންގެ ކަރާޗީގެ މަގުމަތީގައި މުހައްމަދު ކަރާ ކޮށަން އިން މަންޒަރު ފެންނަ ފޮޓޯ އަކާއި އެކު މިހާރު އޭނާ މަޝްހޫރުވެފައި ވަނީ "ތަރުބޫޒް ވާލާ" ގެ ނަމުންނެވެ. މާނައަކީ ކަރާ ވިއްކާ މީހާ އެވެ.

މުހައްމަދު ކަރާޗީގެ މަގުމަތީގައި ކަރާ ކޮށަން އިނީ ރޯދަ ވިއްލަން ތައްޔާރު ކުރުމުގެ ގޮތުންނެވެ. ކަރާ ވިއްކާ މީހެއްގެ ގޮތުގައި އޭނާ މަޝްހޫރުވި ނަމަވެސް ހަޤީޤަތުގައި އޭނާ އަކީ ވިޔަފާރިއެއްގެ ގޮތުގައި ކަރާ ވިއްކާ މީހެއް ނޫނެވެ. އޭނާ އަކީ ޒިއައުއްދީން ކޮލެޖް އޮފް ފިޒިކަލް ތެރަޕީގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ.

މުހައްމަދުގެ ފޮޓޯ އާންމުވުމާއި އެކު ވަރަށް ގިނަ ޒުވާން އަންހެން ކުދިން ދަނީ އޭނާގެ ރީތި ކަމަށް ތައުރީފް ކޮށް މީސް މީޑިއާގައި ވާހަކަދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަރާ ފަޅާ

    ކަރާ ވާލާ. ހައްހައްހައް