ބޭނުންވާ ތަކެތި:

1 ބްރައުނީ މިކްސް
1 ޖޯޑު ކެރަމެލް ކޭންޑީސް
1/2 ޖޯޑު ޗޮކްލެޓް ޗިޕްސް
1 ޖޯޑު ހަކުރު
1/4 ޖޯޑު އައިސް ފެން
1/2 ޖޯޑު ހެވީ ކްރީމް
1 މޭޒުމަތީ ސަމުސާ ބަޓަރ
2 ސައިސަމުސާ ފްލޭކް ސީ ސޯލްޓް
1 1/2 ޖޯޑު ހެވީ ކްރީމް
6 މޭޒުމަތީ ސަމުސާ އައިސިންގް ޝުގާ
1/2 ވެނީލާ ބީންސް

ތައްޔާރު ކުރާނެ ގޮތް:

ބްރައުނީ މިކްސް ފޮށީގައި ބުނެފައިން ފަދައިން ބްރައުނީ މިކްސް އެއްކޮށްލުމަށްފަހު ޓްރޭގައި ކްކިން ސްޕްރޭ ޖެހުމަށްފަހު އަޅާލާށެވެ. ދެން ކެރަމަލް ކޭންޑީސް އެޅުމަށްފަހު ޗޮކްލެޓް ޗިޕްސް އަޅާފައި 350 ޑިގްރީގައި 35 މިނެޓް ފިހެލާށެވެ.

ވެނީލާ ވިޕިންގް ކްރީމް ތައްޔާރުކޮށްލުމަށް ހެވީ ކްރީއާއި އައިސިންގް ޝުގާ އަދި ވެނީލާ ބީންސް އަޅާ ރީއްޗަށް އެކު ވާންދެން ގިރާލާށެވެ.

ކެރަމެލް ތައްޔާރުކޮށްލުމަށް ހަކުރާއި ފެން އެއްކޮށްފައި ހޫނުކުރަން އުދާށެވެ. އަދި ހަކުރުތައް ޗޮކްލެޓް ވާންދެން ގަށަމުން ހޫނުކުރާށެވެ. ދެން އެއް ޖޯޑު ހެވީ ކްރީމް އަޅާފައި ކައްކާލުމަށްފަހު ގިނި މަޑުކޮށްފައި ބަޓަރާއި ލޮނު އަޅާ އެއްކޮށްލާށެވެ.

ދެން ބްރައުނީ މަތީ ކައިރި ފަށުގައި ވިފިން ކްރީމް ލެޔާއެއް އެޅުމަށްފަހު އޭގެ ތެރެއަށް ކެރަމަލްތައް އަޅާށެވެ. އެއަށްފަހު ވިޕިންގް ކްރީމްއިން ކޭކުގެ މަތި ރީތިކޮށްލުމަށްފަހު ސާވްކުރަންވީ އެވެ.

ކިޔުންތެރިންގެ ހިޔާލު