ފްލޮރިޑާގައި ދެ އަންހެނަކު ކޮވިޑް-19ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުން ވެގެން މުސްކުޅިންނަށް ވެގެން ވެކްސިން ޖަހާ ސެންޓާރަށް ގޮސްގެން އުޅެނިކޮށް، ފަޅާއަރައިފިއެވެ.

ފްލޮރިޑާ ޑީޕާޓްމެންޓް އޮފް ހެލްތް އިން އޮރެންޖް ކައުންޓީން ބުނީ، ދެ އަންހެނުން ވެކްސިނޭޝަން ސަރިޓުން ވަނީ މުސްކުޅިން ލާ ވައްތަރު ހެދުން އަޅައިގެން ކަމަށެެވެ. އަދި އެ މީހުން ތިބީ އައިނެެއްވެސް އަޅާފައި ކަމަށް ބުންޏެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އެ މީހުންގެ ތެރެއިން އެކަކުގެ އުމުރަކީ 44 އެވެ. ދެވަނަ މީހާގެ އުމުރަކީ 34 އެވެ.

ސީއެންއެން އިން ވަނީ އެ މީހުންގެ ކޮމެންޓެއް ހޯދަން ގޮސްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ދެ އަންހެނުންގެ އަތުވައިވެސް ވެކްސިންގެ ފުރަތަމަ ޝޮޓް ޖެހިކަމުގެ ކާޑު އޮތެވެ.

ޕިނޯ ވިދާޅުވިގޮތުގައި، އެ މީހުން އެގޮތަށް ހެދުން އަޅައިގެން ތިބިކަމުގައިވިޔަސް، އެ މީހުންގެ އައިޑީކާޑަށް ބަލާފައި ވެކްސިން ޖަހާފައި ނުވެއެވެ.

ސިއްހީ އޮފިޝަލުންނަށް ވަނީ، އެ މީހުންގެ ގަޔަށް ކޮވިޑް ވެކްސިން ކުރިން ޖެހުނީ ކީއްވެގެންކަން ސާފް ނުކުރެވިފައެވެ.

ޕިނޯ ވިދާޅުވިގޮތުގައި، އެ ޑިޕާޓްމެންޓުން ވަނީ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފައެވެ.

ފުލުހުން ވަނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މިހާރު ފްލޮރިޑާގައި ވެކްސިން ދެމުން ގެންދަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަަށާއި، ބަލި މީހުންނާއި ގާތުން މަސައްކަތް ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނަށެވެ.

މިހާރު އެމެރިކާއަށް އަރައިގެން އުޅޭ ފިނީގެ ތޫފާނުގެ ސަބަބުން ބައެއް ސްޓޭޓްތަކަށް ވެކްސިން ޑޯޒް ފޯރުކޮށްދިނުން ވަނީ މެދުކެނޑިފައެވެ.

ކިޔުންތެރިންގެ ހިޔާލު