އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ޒުވާން ތަރި ޕްރިޔާ ޕްރަކާޝް ވާރިއާއަށް އަށް ފިލްމް އިންޑަސްޓްރީގައި ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 18 އަހަރުގައި ޕްރިޔާގެ ފުރަތަަމަ ފެނިލުމަކީ އޮރޫ އަދާރް ލަވް ނަމަކަށް ކިޔާ މަލިޔާލަމް ފިލްމެއްގެ ލަވައަކުންނެވެ. އެ ލަވައިގައި ހިމެނޭ ކުޑަ ތަންކޮޅަކުން އެތައް ބައެއްގެ ހިތްތައް ޕްރިޔާއަށް ދެވުނެވެ. އެތައް ބަޔަކު އޭނާ ކައިރިން ރައްޓެހިވާންވެސް އަހައިފިއެވެ.

ޕްރިޔާގެ އެ ފިލްމް މި އަހަރުގެ ތެރޭގައި އާއްމުންނާއި ހަަމައަށް އަންނަކަމަށް ހަބަރުތައް ބުނާއިރު، އެ ފިލްމުގައި ހިމެނޭ ލަވައިގެ ކުޑަކުޑަ މަންޒަރުގެ ސަބަބުން އޭނާއަށް އެކި އިންޑަސްޓްރީތަކުން ހުށަހެޅުންތައް ލިބެމުން އަންނަކަމަށް ޕްރިޔާ ބުންޏެވެ.

އެެހެން ނަމަވެސް އޭގެން އެއްވެސް ހުށަހެޅުމަކަށް އާއެކޭ އޭނާއަށް އަދި ބުނެވެން ނެތެވެ، އެއީ އޭނާ މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ފިލްމްގެ މަސައްކަތް އަންނަ އޮގަސްޓް މަހާއި ހަމައަށް ކުރިއަށްދާނެތީއެވެ.

ޕްރިޔާ މިގޮތަށް ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ޕްރިޔާ ބުނީ އެ ފިލްމްގައި އޭނާ ކުޅުމަށް ލިބުނީ ވަރަށް ކުަޑަ ރޯލެއް ކަމަށެވެ. ނަމަވެސް އޭނާއަށް ކުޅެވިގެން ދިޔައީ އެތައް ބައެއްގެ ލޯބި ލިބުނު ރޯލެއްކަށް އޭނާ ބުންޏެވެ.

"އަހަރެން ވަރަށް އާ ވާނެ އަދި އިންޑަސްޓްރީއަށް. އަދި އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއްވެސް ނޭގެ. އަހަންނަށް ހުރިހާ އެހީތެރިކަމެއް ދިނީ ޑައިރެކްޓަރު އޮަމްރް ލޫލޫ. އެއީ އަހަރެން މަޝްހޫރުވެގެން ދިޔަ ބައި ކުޅެން ދިން މީހާއަކީ". ޕްރިޔާ ބުންޏެެވެ.

ޕްރިޔާއަށް އިތުރު ހުށަހެޅުންތައް ލިބެމުން އަންނަކަމަށް އޭނާ ބުނާއިރު، މިއީ އަލަށް ދާއިރާއަށް ނުކުތް މީހަކު މިހާ އަވަހަށް މަޝްޙޫރުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.