ބޭނުންވާ ތަކެތި:

  • 1 ބިސް
  • 1/2 ޖޯޑު ހަކުރު
  • 2ސސ ލޮނު
  • 4 ޖޯޑު ފުށް
  • 1/2 ސސ ނަޓްމެގް
  • 1/2 ސސ ޔީސްޓް
  • 1 ސސ ހަކުރު
  • 1 ޖޯދު ކިރު

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް އަޅާފައި ބަޓާރ ކޮޅު ދިޔާ ކޮއްލާށެވެ. އޭގެ ފަހުގައި ބަޓަރުގެ ތެރެއަށް ކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮއްލާށެވެ.

1/4 ޖޯޑު ހޫންފެން ތެރެއަށް 1ސސ ޔީސްޓް 1ސސ ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮއްލާފައި 5 މިނެޓް ވަންދެން ބަހައްޓާށެވެ.

އޭގެ ފަހުގައި ބިސް ، 1/2 ޖޯޑު ހަކުރު، ނަޓްމެގް، 4 ޖޯޑު ފުށުގެ ތެރެއަށް ތައްޔާރު ކުރެވިފައިވާ އެއްޗެހި އަޅާލާފައި ރަނގަޅަށް ފުއްގަނޑު މޮޑެލާށެވެ. 5 މިނެޓް ވަންދެން މަތި ޖަހާފައި ފުއްގަނޑު ބާވާށެވެ.

ފުއްގަނޑު އަނެއްކާވެސް ރަނގަޅަށް މޮޑެލުމަށް ފަހު ތެޔޮލާފައި 1 ގަޑި އިރާ 30 މިނެޓް މަތިޖަހާފަ ބައިންދާށެވެ.

އޭގެ ފަހުގައި ގުޅަ ޖަހާފައި ޓްރޭގަ އަތުރާލާށެވެ. މަތިޖަހާފައި 1 ގަޑި އިރު ބައިންދާށެވެ.

150 ޑިގްރީ ގައި 25 މިނެޓްވަންދެން ފިހެލާށެވެ.