ޗައިނާ އަކީ ހުރިހާ ކަމެއްގައި ވެސް ތަފާތު ގައުމެކެވެ. އެންމެ ފަހުން މީޑިއާތަކާއި ހަމައަށް ތިލަވި ޗައިނާގެ މިފަދަ ތަފާތު ޚަބަރަކީ ވަރިވުމުގެ ކުރިން ޗައިނާގެ ކޮންމެ ދެމަފިރިއަކު ވެސް އިމްތިހާނެއް ހަދާ އެއިމްތިހާނުން ފާސް ވާން ޖެހޭ ޚަބަރެވެ.

ވަރިވާން އެދޭ ކޮންމެ ދެމަފިރިއަކު ވެސް އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން ދެމަފިރިންނަށް ޓެސްޓެއް ދެވެއެވެ. އެޓެސްޓްގެ ނަތީޖާ އަށް ބަލާ އެއީ ހަމަ ހަޤީޤަތުގައި ވެސް ވަރިވާން ޖެހިފައިވާ ދެމީހުން ކަމަށް ނިންމަނީ ޓެސްޓް ޕޭޕަރު މާކް ކުރާ މީހުންނެވެ. ޗައިނާގެ ތިން ޕްރޮވިންސެއްގައި ވަނީ މިއުސޫލަށް އަމަލު ކުރަން ފަށާފައެވެ.

ވަރި ވުމުގެ ކުރިން ދޭ އިމްތިހާންގައި ކައިވެނީގެ އެނިވާސަރީ އާއި ދެމަފިރިން އެންމެ ހަނދާންވާ ވަގުތާއި ބެހޭ ގޮތުން ވެސް ސުވާލު ކުރެއެވެ. މިފަދަ ސުވާލުތައް ޓެސްޓްގައި ހިމަނާފައި ވުމުގެ އެއް ބޭނުމަކީ ކުރިން ލޯބިން ހޭދަކުރި ދުވަސްތައް އަލުން ހަނދާނަށް ގެނައުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޓެސްޓް ދިނުމުގެ އެއް ބޭނުމަކީ ރުޅި މަޑުކޮށް، އުފާވެރި ހަނދާންތައް ދެމަފިރިން ވެސް ހަނދާނަށް ގެނައުން." ޓެސްޓް ދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުންޏެވެ.

ޗައިނާގައި ގިނައީ ބުޑިސްޓުން ކަމުން ވަރިކުރުމުގައި ޒަމާނުއްސުރެ ޗައިނާގައި ވަރަށް ހަރުކަށި ސިޔާސަތުތަކަށް އަމަލު ކުރެއެވެ. ނަމަވެސް ފަހަކަށް އައިސް ވަރި ކުރުމުގައި ލުއިތަކެއް ދޭން ފެށުމުން ވަރި ގިނަ ވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން ދީނީ ކަންތައްތަކުގެ ބޭރުން ވަރި ކުރުން ހަރުކަށި ކުރަން ޗައިނާގެ ގިނަ ޕްރޮވިންސްތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނދަވަޅު

    ކާވެނިކުރުމުގެ ކުރިން މިރާއްޖޭގައި ވެސް ޓެސްޓް ދިނުން ފެނޭ.. އެ ޓެސްޓްގައި ލޯބިވެގެން އުލުނު ދުވަސްވަރު ކުރި ކަންތައް ހިމަނަން ޖެހޭނެ..