ބޭނުންވާ ތަކެތި:

1 މސ އޮލިވް އޮއިލް

2 ފިޔާ

500 ގްރާމް ކުކުޅު

2 ލޮނުމެދު

1 މސ ޓެކޯ ސީޒަނިން

ކޮޝާ ސޯލްޓް

1/4 ޖޯޑު ފެން

1 ޕެކެޓް ޓޯޓިލާ ޗިޕްސް

2 ޖޯޑު ޗެޑާ ޗީޒް

2 ޖޯޑު މޮންޓެރީ ޖެކް ޗީޒް

1 ދަޅު ބްލެކް ބީންސް

1 1/2 ތާޒާ ހަލަޕީނޯ މިރުސް

2 ޓޮމާޓޯ

1 ގިތެޔޮ މިރުސް

1 އެވަކާޑޯ

ތައްޔާރުކުރާނެ ގޮތް:

އަވަނުގެ ބޭކިން ޝީޓް މަތީގައި ފޮއިލް އަޅާލުމަށްފަހު 425 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ.

އެއަށްފަހު ބޮޑު ތަވަައެއްގައި، މަޑު ގިނީގައި ތެޔޮފޮދެއް ހޫނުކޮށް ކޮށާފައި ހުރި ފިޔާ އަޅާފައި ފަސް ވަރަކަށް މިނެޓް ވަންދެން ހަނާކުރާށެވެ. ދެން ކުކުޅު ކޮޅު އަޅާލުމަށްފަހު މަޑު ބްރައުން ކުލަ އަރަންދެން 6 މިނެޓް ހަނާކުރާށެވެ. އެއަށްފަހު ތަވާގައި ފެން ހެދިފައި ހުރި ނަމަ ސަމްސަލަކުން ފެންތައް ނަގާށެވެ.

ޗިކަން-ބީން ޕޭސްޓް ތައްޔާރުކޮށްލެއްވުމަށް ހިމުން ކޮށްފައި ހުރި ލޮނުމެދުކޮޅު އެއްކޮށްލުމަށް ފަހު ކުކުޅުކޮޅު ކުޑަކޮށް މުރަނަވާ ވަރަށް ހަނާކުރާށެވެ. ފަސް ވަރަކަށް މިނެޓް ފަހުން ބީންސް އަޅާށެވެ.އޭގެ ފަހުގައި ފެން ފޮދެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ޓްރޭއަކަށް ޓޯޓިލާ ޗިޕްސް ޕެކެޓްގެ އެއްބައި އަޅާލާށެވެ. އަދި ޗިޕްސްތަކުގެ މައްޗަށް ތައްޔާރުކުރި ޗިކަން-ބީން މިކްސްގެ އެއްބަޔާއި ދެ ވައްތަރު ޗީޒްގެ އެއްބަޔާއި ހަލަޕީނޯގެ އެއްބައި ވެސް އަޅާށެވެ. މީގެ މައްޗަށް އިތުރު ލޭޔަރެއް އަޅަން އަނެއްކާވެސް ޗިޕްސް އަޅާލުމަށްފަހު ދެންމެ މި ބުނި ގޮތަށް ޓޮޕިން ތަކުރާރު ކުރާށެވެ.

އޭގެ ފަހުން އަވަނަށް ލާފައި ޗީޒް ރަނގަޅަށް މެލްޓް ވުމުން ނަގާށެވެ. ދެން އެވޮކާޑޯ އާއި ޓޮމާޓޯ އަދި ގްރީން އޮނިއަން ކޮށާފައި މައްޗަށް އަޅާލާށެވެ.