މަނީ ހެއިސްޓް ސީޒަން 5 މި އަހަރު ފަހުކޮޅު ނެރޭގޮތަށް ހަމަޖެހިއްޖެ އެވެ.

ނެޓްފްލިކްސް އިން ދައްކާ އިނގިރޭސި ނޫން ސީރީސްތައް ތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ސީރީސް އަށް މަނީ ހެއިސްޓް ވަނީ ވެފައެވެ. އަދި އެ ސީރީސްގެ 4 ވަނަ ސީޒަން ވަނީ އޭގެ ކުރިން އެ ސީރީސް އިން ހޯދާފައިވާ ރެކޯޑުތައް އާކޮށް އެއަށްވުރެ ގިނަ ރެކޯޑުތައް ހޯދާފައި އެވެ.

މަނީ ހެއިސްޓްގެ 4 ވަނަ ސީޒަން ބަލާފައިވާ މީހުންގެ ޢަދަދު 65 މިލިއަނަށް އަރައެވެ.

ނެޓްފްލިކްސް އިން ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 3 ގައި މަނީހެއިސްޓް: ދަ ފެނޮމެނަމް ނަމަކަށް ކިޔާ ޑޮކިއުމެންޓަރީ އެއް ނެރެފަ އެވެ.

ނެޓްފްލިކްސް އިން ނެރުނު މަނީހެއިސްޓް: ދަ ފެނޮމެނަމް ގައި އޭގެ ތަރީންނާއި ސީރީސްގައި ކެމެރާ ފުރަގަހުގައި މަސައްކަތް ކުރާ ފަރާތްތައްވެސް ފެނިގެން ދެއެވެ. އަދި މަނީ ހެއިސްޓް ސީރީސްގެ އުފެދުނު ގޮތް އެ ޑޮކިއުމެންޓަރީގައި ކިޔައި ދެއެވެ.

މަނީ ހެއިސްޓް ސީޒަން 5 ނެރުން:

މަނީ ހެއިސްޓް ސީޒަން 5 ނެރޭނެ ތާރީހު ކަމަށް މީގެ ކުރިން އެކި ތާރީހުތައް ދިން ކަމުގައި ވިޔަސް އެއިން ހުރިހާ ތާރީހެއްވެސް ވަނީ ކޮންމެ ފަހަރަކު ފަސްކޮށްފައި އެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމުންނާއި ލިޔުންތެރިންގެ ހިޔާލު ވަކި ދިމާއަކަށް ހުރުމުން އެންމެ ފަހުން އެންމެން އެއްބަސްވެ މިވަނީ އަނެއްކާ އާ ތާރީހެއް ކިޔައިފަ އެވެ.

މިފަހަރު މަނީ ހެއިސްޓް ސީޒަން 5 ނެރޭނެކަމަށް މީޑިޔާ ރިޕޯޓުތަކުން ބުނާ ތާރީހަކީ 2021 ގެ އޮގަސްޓް އަދި 2022 ގައި އެވެ. މިފަހަރު ނެރޭ ސީޒަން އަކީ މަނީ ހެއިސްޓްގެ އެންމެ ފަހު ސީޒަން ކަމަށްވެސް އަޑުފެތުރިފައި ވެއެވެ. އަދި ސީޒަން ނެރޭނީ ދެ ބަޔަކަށް ބަހާލައިގެން ދެ ތާރީހެއްގައި ކަމަށް ވެއެވެ.