ފިލުމު ''ލޫޑޯ''، ''ބަދާއީ ހޯ'' ފަދަ ކާމިޔާބު ފިލުމުތަކުން ފެނިފައިވާ ބަތަލާ ސާންޔާ ރާއްޖެ އައިސް ކުރާ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟. އެކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާ މީސް މިޑިއާގައި އާއްމު ކުރާ ޕޯސްޓްތަކުންނެވެ. އޭނާ ރާއްޖެ އައިސް އެ ދަނީ ''ތައީ ބޮކްސިން'' ފަރިތަ ކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ޗާލު ދޮންވެލި ގޮނޑުދޮށް ތަކުގައި އިރުގެ އަވިން މީހާ ތާޒާވުމާއި، ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ބަލައިލުމަށްވެސް އޭނާ ވަގުތު އެބަ ހުސް ކުރެއެވެ.

ސާންޔާގެ އިންސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައިވާގޮތުގައި، ޓްރެއިނަރ ތްރިދޭވް ޕާންޑޭގެ ނަން އުޖާލާ ކުރުމަށް ''ތައި ބޮކްސިން'' ފަރިތަ ކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

''ސާންޔާ ދަނީ ފިޓްނަސް ހަރަކާތްތައް ރާއްޖޭގައި ތަޖުރިބާ ކުރަމުން. އޭނާ ވަނީ ސުކޫބާ ޑައިވިންއަށް ވެސް ގޮއްސަ. އަދި ތައި ބޮކްސިން ވެސް ދަސްކޮށްފަ. ތައީ ބޮކްސިން ދަސްކުރުމަށް ސާންޔާ ވަނީ ޔުއެޗައި ޕްރެންގްސުވަންއާއި އެކު ދެތިން ކުލާހެއްގައި ވެސް ބައިވެރިވެފަ'' ސާންޔާއާއި ގާތް ފަރާތަކުން ހާމަ ކޮށްފައިވެއެވެ.

ސާންޔާ މުމްބާއީގައި ހުންނައިރު ޓްރެއިން ވަނީ އިންޑިޔާގެ ގައުމީ ފެންވަރުގެ އެތުލީޓެއް ކަމުގައިވާ ތްރިދޭވް ޕާންޑޭގެ ފަރާތުންނެވެ. ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައި ނަމަވެސް ސާންޔާގެ މި ޓްރެއިނިންގތަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ.

ސާންޔާގެ ތައީ ބޮކްސިންގެ ވީޑިއޯގެ ކުރިން އޭނާ ހުރި ރިސޯޓުގައި ބައިސްކަލް ދުއްވާ ޑައިވިނަށް ގޮސް ނަގާފައިވާ ވީޑިއޯތަކެއް ވަނީ އިނސްޓަގުރާމުގައި އާއްމު ކޮށްފައެވެ. މި ވީޑިއޯއަށް ލައިކްދީ ކޮމެންޓް ކުރި ގިނަ ފަރާތްތަކުގެ ތެރޭގައި ފިލުމު ''ބަދާއީ ހޯ'' ގެ ބަތަލާ ނީނާ ގުބުތާއާއި އެ ފިލުމުގެ ޑައިރެކްޓަރ މުނީތު މޮންގާ ވެސް ހިމެނެއެވެ.

ސާންޔާގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ''ޕަގަލައިޓް''، ''ލަވް ހޮސްޓެލް'' ފަދަ ފިލުމުތަކެވެ.