ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި ކުޅަދާނަ ފިލްމީ ތަރި މުއާޒް އަބްދުﷲ ކައިވެންޏަށް މިއަދު މި ވަނީ އަހަރެއްވެފައެވެ. ލޯބީގެ ގޮތުން ދުވަސްކޮޅެއް ވަންދެން އުޅުމަށްފަހު ކައިވެނީގެ ގޮށް ޖަހާލިއިރު، މި ދެ ތަރިންނަކީ އަބަދުވެސް މީސް މީޑިއާ މެދުވެރިކޮށް އެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރާ ދެ ތަރިންނެވެ.

ދެ ތަރިންގެ ހަޔާތުގެ ހާއްސަ އެކި ދުވަސްތައް މީސް މީޑިއާގެ ސަމާލުކަމަށް ގެނައުމަކީވެސް މި ދެތަރިން އާއްމުކޮށް ކުރާ ކަމެއް ކަމަށްވާއިރު، މިއަދު މި ދެތަރިންގެ ކައިވެންޏަށް އަހަރު ފުރިގެންވެސް މި ވަނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން ހާމަކޮށް ޕޯސްޓެއް ކޮށްފައެެވެ.

އެގޮތުން އައްޒަ ކުރި ޕޯސްޓުގައި ބުނެފައި ވަނީ، މިއަދު އެއް އަހަރު ފުރިގެން ދިޔަ ކަމުގައިވިޔަސް ހީވަނީ އިއްޔެ ހެން ކަމަށެވެ. އަދި ﷲ އިރާދަފުޅާއެކު އުމުރު ދުވަހު މިގޮތުގައި ތިބެ، މި އުފާވެރިކަން ސެލެބްރޭޓް ކުރާނެ ކަމަށް އައްޒަ ބުނެފައި ވެއެވެ. އަދި މުއާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް އެ ޕޯސްޓުގައި އައްޒަ ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

މުއާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ، އައްޒައަކީ އޭނާއަށް މިދުނިޔެމަތިން ލެއްވި އަގުބޮޑު ނިއުމަތެއް ކަމަށެވެ. އަދި އައްޒަ ދެކެ އިންތިހާއަށް ލޯބިވާކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Muaa Abdulla (@muaa_abdulla)

މި ދެމަފިރިން މީސް މީޑިއަށް އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކޮށް ޕޯސްޓްތައް ލާއިރު، މިއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނޫނީ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހުރި މިސާލެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަ ކުރުމަކީ ގުޅުން ވަރުގަަދަކޮށްދޭ ކަމެެކެވެ. އަދި ލޯބި އިތުރުކޮށްދޭ ކަމެއްވެސް މެއެވެ.

އައްޒަ އާއި މުއާގެ ޕޯސްޓްތަކަކީ އަބަދުވެސް އެތައް ބައެއްގެ ސަމާލުކަން ލިބޭ ޕޯސްޓްތަކެއްކަން ފާހަގަކޮށްލަން ޖެހެެއެވެ.

މި ދެމަފިރިން ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. މިއަދު އެ މީހުންގެ ކައިވެންޏަށް އަހަރެއް ފުރިގެން ދިޔައިރު، ދެ މީހުންވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައްޒަ

    ކަންދެއްކުމަކީ ލޯބި އެއް ނޫނެވެ.

    91
    3
  2. ޟުއާ

    ތިހެންއުޅުނު ޝާޔާން އާވެސް އިނދެގެން ސުވަރުގެއަށް ދެވިގެންހެން.އެކަމު ނިމުން އައިލެއް ކިތަންމެހާވެސް އަވަސް.

    63
  3. ހުސޭނުބޭ

    ތިހެން ކޫލްކަމަށް ހެދިގެން ޝޯޝަލް މީޑިއާއަށް ފޮޓޯއަޅާ ބައިވަރު މީހުން އުޅޭ! ދެކޮޅު ބަލާއިރު ތިބެނީ ކޮންމެވެސް އަރާރުމެއްގައި! އެހެން ނޫނީ ކޮންމެވެސް އެކްސްއަކުން ނުނެއްޓިފައި

    66
  4. އުމަރުމަނިކު

    50 އަހަރު ވެއްޖެއް އިދެގެންއުޅޭތާ؟ ނޫސްވެރިއަކަށް ނުފެނޭ އަހަރަމެންގެ ދެމެފިރިން އެކަކު އަނެކު ދެކެވާ ލޯބި؟

    81
  5. ޝާ

    ތިވަރުގެ ދެއްކުންތެރި ބަޔަކު ނުދެކެން...

    70
  6. ވިސްނާލުމަށް އެދެމޭ

    ހޭބުއް ދި ގޯސްވެއްޖެ...ތިޔަށްވުރެ ލޯބި ދެމަފިރިން ނުފެންނާނެކަމަށް ނޫސްވެރިޔާއަށް ހީވަންޏާ ތިބޭފުޅާގެ ބައިވެރިޔާއަށް ތި ދެވުނީ ހާ ދަ ދެރަ މެސެޖެކޭ..

    88
  7. ސޮނަ

    މަވެސް ކައިވެނިކޮށްގެން މިއުޅެނީ ނިކަންލޯބިން 11 އަހަރު ވެއްޖެ ނިކަން އެވާހަކަ ޖަހާބަލަ ވަގުތު މީހުން

    32
  8. Anonymous

    ފޮޓޯ ތަކުގައި ބައްދައިގެން އުޅޭ މީހުން ގިނަފަހަރު ކޮޓަރީގައި ތަޅާފޮޅުން. ގެ ކައިރީ އުޅޭ ޒުައްބަވެސް ވ. ލޯބިންނޭ ބުނެ އުޅެނީ. ފަތިހު ފިހާރައަށް ދާނެ ފުއްގަންނަށް. ބުނި އަންހެނުން ނަށޭ. ޙަޤީޤަތް ބެލި އިރު ފުއްވެސް މޮޑެނީ ރޮށި ވެސް ފިހަނީ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ނުވިތާކަށް އެރޮށި މޮޑެފައި ކާންދޭނީވެސް ޒުއްބަ. ވަރިކުރި ދުވަހު ސިއްރުތައް ގޮވާލީ ހެޔޮ އަނބިކަނބަލުންގެ

    27
    1
  9. ނުނނު

    އައްޒަ ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ މުއާ ގެ ވާހަކަ ދޯ .

    23
    2
  10. ގައި ދުރު ލޯބި

    ފެމިލީ ކޯޓަށް ވަ ރި ފޯ ރމު ވައްދާ ދުވަހު އަންގާ ލައްޗޭ

    31
    1
  11. ޙ8އްތު

    އެމީހުން ލޯބިކުރާވާހަކަ ނުދައްކާ ދެން އޭމީހުން ލޯބިން އުޅެން ދޫކޮށްލަބަލަ.

    15
    1
  12. ދެރާ

    އިންތިހާއަށް ލޯބިވާންވީ ފަރާތަކީ ﷲ، އެލޯބި އެފަރާތަށް ނުވެވިވާކަން ޢަމަލުން ފެންނަމުންދާއިރު ފެމަފިރިންވެސް ﷲ އަށް ބިރުވެތިވާން ހަދާން ކޮށްދެން.

    14
  13. އަހްމަދު

    ހަމަ ދެ ކުދިންތަ
    ދެ މީހުންނަށް ހެޔޮ ބުއްދި ދެއްވާށި
    ދައްޔޫސަކަށް ނުވާށޭ މިތިބަ ފިރިހެނުންނޭ

  14. ލާދީނީ އަންނި

    އައްޒަ ލޯބި މުއާ ލޯއްބެއްނޫން.

    5
    2
  15. ހަނީފް

    ދެބައިންބައި އޮރިޔާމުން ހުރެ ފޮޓޯނަގައި ދެން މީޑިއާގައި ޙިއްސާކޮށް އަހަރެމެން މިވަރުގެ ލޯބިވާ ބަޔަކު ނެތޭ ބުންޏަސް އަހަރެމެން ޤަބޫލެއް ނުކުރަމެވެ. ތިމާ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާދެކެ އިންތިހާ ލޯބިވާއިރު އެ ދެލޯބިވެރިން ހެއްދެވެި އިލާހް، އެދެލޯބިވެރިންނަށް ރުހިވޮޑި ނުގަންނަވާނަމަ ދެންވާނެގޮތެއް ވިސްނަބަލާށެވެ. މާތްﷲ އަންގަވާފައިވަނީ އަންހެންތަކުން ބުރުގާއިން އައުރަތައް ނިވާކޮށް ރައްކާތެރިވެ އުޅެމަށެވެ.

  16. Anonymous

    އެންމެ އަހަރެ އް..؟! ހަ އް ހަ އް....