ބޮލީވުޑް މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ ގޭގެ ބޭރުގައި ސެކިޔުރިޓީ ވަރުގަދަކޮށްފިއެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ފިލްމީތަރި އަމީތާބް ބައްޗަން ގޭގެ ސެކިޔުރިޓީން ވަރުގަދަކޮށްފައި މިވަނީ އިންޑިޔާގެ ކޮންގްރެސް ލީޑާރ ނަނާ ޕަޓޯލޭ އަމީތާބު އާއި ދިމާކުރުމުން ނެވެ. އޭނާ އަމީތާބް އާއި ދިމާކުރީ ތެލުގެ އަގު ބޮޑުވުމުން އަމީތާބް އެކަމާ ދެކޮޅަށް ވާހަކަ ނުދެއްކުމުންނެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލަދީ ބޭރުގެ ނޫހަކުން ބުނީ އަމީތާބްގެ ގޭގެ ބޭރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ ވަގުތީ ގޮތުން ކަމަށާއި އެއީ ރައްކާތެރިވުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރީން ޕަޓޯލޭ ވަނީ ބޮލީވުޑްގެ ތަރީންގެ ތެރެއިން އަމީތާބް އަދި އަކްޝޭ ކުމާރް ވެސް މީގެ ކުރީން ތެލުގެ އަގު ބޮޑުވާތީ ޓުވީޓުތައް ކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. ނަމަވެސް މިހާރު އެފަރާތްތަކުންވެސް ހަނުތިބޭކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ތެލުގެ އަގު ބޮޑުކުރުމާއި ގުޅިގެން އިންޑިޔާގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޕަޓޯލޭ ވިދާޅުވީ އަމީތާބް ފަދަ ތަރީން އެކަމާ ދެކޮޅަށް ވާހަކަ ނުދައްކާނަމަ ބޮލީވުޑްގެ ފިލްމުތައް މަހާރަސްތްރާ ގައި ނުކުޅެވޭނެ ކަމަށެވެ.