ރީނދޫ ކުލައިގެ ފީނާދޫންޏެއް (ޕެންގުއިނެއް) ފުރަތަމަ ފަހަރަށް ދެކުނު ޖޯޖިއާއިން ފެނިއްޖެއެވެ.

މި ފީނާދޫނި ފެނިފައިވަނީ މިދިޔަ އަހަރު ދެކުނު ޖޯޖިއާގެ ރަށަކަށް ދަތުރުގޮސް އުޅުނު ފޮޓޯގްރާފަރަކަށެވެ. މިއީ މީގެ ކުރިން އޭނާ ނަގާފައިވާ ފޮޓޯތަކެއް ނަމަވެސް، އެ ފޮޓޯތައް އޭނާ މީސްމީޑީއާއަށް އާންމު ކޮށްފައިވަނީ ދާދި ފަހުންނެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރީނދޫ ކުލައާއި ހުދު ކުލައިން ހުންނަ މި ފީނާ ދޫންޏަކީ އަލަށް ފެނިފައިވާ ދޫންޏެވެ. މި ފޮޓޯ އާންމު ކުރުމާއި އެކީ ގިނަ ބައެއްގެ ސަމާލު ކަމަށް މިފޮޓޯ ވަނީ ލިބިފައެވެ.

އޭނާ އެ ފޮޓޯ ނަގާފައިވާ ސަރަހައްދަކީ 120،000 އަށްވުރެ ގިނަ ފީނާދޫނި އުޅޭ ސަރަހައްދެކެވެ. އޭނާ ބުނީ އޭނާއަށް އެ ފީނާދޫނި ފެނިފައިވަނީ ކުއްލި ގޮތަކަށް ކަމުން އަވަސްވެގަތީ ފޮޓޯއެއް ނެގުމަށް ކަމަށެވެ.

"އެ ހުރިހާ ފީނާދޫނިތައް ތިބީ އެއްގޮތަކަށް މި ދޫނި ފިޔަވައި. ވަރަށް ތަފާތުކޮށް ފެނުނީ. ވަރަށްވެސް އެހެން ކަހަލަ ތަޖުރިބާއެއް މިއީ" އިންޑިޕެންޑެންޓް ނޫހަށް މައުލޫމާތު ދެމުން ރީނދޫ ކުލައިގެ ފީނާދޫނި ފެނިފައިވާ ފޮޓޯގްރާފަރު ބުންޏެވެ.

އޭނާ ބުނީ، އެ ފޮޓޯތައް އެގޮތަށް ނެގިފައިވަނީ އޭނާގެ ނަސީބު ރަނގަޅު ކަމުން ކަމަށެވެ. އެ ދޫނިއައިސް ޖައްސާލީ އެމީހުން ތިބިތާ ކައިރިއަށް ކަމުން އެއްވެސް ކަހަލަ އިތުރު އެއްވެސް އެއްޗެއްވކުރިމަތީ ނެތި އެ ފޮޓޯ ނެގުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެފަހަރުގެ ދަތުރުގައި ވަރަށް ގިނަ ފޮޓޯތައް ނެގި ކަމަށާއި އާންމު ކޮށްފައިވަނީ އެފޮޓޯތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ފޮޓޯތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަސަން ފުތާ

  ބުރިޖު ސާވޭ ތި ފެށުނީ ކުރިއަށް އޮތް ފަސް އަހަރުނިމޭއިރު ބުރިޖު ވެސް ނިމޭނެ.

 2. ހުސޭނުބޭ

  ތިއީ އަލްބީނޯ ޕެންގުން އެއް!

 3. ޒިމްޒިމް

  ތިއީ އެޖެންޑާ 19 ގެ ދޫންޏެއް.... ކައުންސިލް އިންތިޙާބަށް ވޯޓް ހޯދަން ނުކުމެ އުޅެނިކޮށް ތިފެނުނީ..

  19
 4. ސަނީ

  ނުވާނެތަ ސިޔާސަ ކުދިބަޔަކު ތިޔަ ދޫނި ހިފާފަ ޔެލޯ ޑައި ކުރީ ކަމައް !؟