މުޅި ސީރިޔާ ވަނީ އަހުލީ ހަނގުރާމައެއްގެ ތެރެއަށް ގެނބި ސުންނާފަތިވެފައެވެ. 2011 ވަނަ އަހަރު މުޒާހަރާތަކެއްގެ ގޮތުގައި ފެށި ހަމަނުޖެހުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެ، ދުނިޔެ ދެކުނު އެންމެ ބޮޑު އެއް އިންސާނީ ކާރިސާ، އެޤައުމަށްވަނީ ކުރިމަތިވެފައެވެ.

ހަނގުރާމައިގެ ކަންކަން ކިތަންމެ ބޮޑަށް އޮތްކަމުގައިވިޔަސް، އަދި ވަށައިގެންވާ ތަންތަން ބިމާ ހަމަވެފައި އޮތްކަމުގައިވިޔަސް، މުޙައްމަދު އަލާލުލް ޖަލީލުގެ މަސައްކަތް، ހުއްޓާ ނުލައި ދަނީ ކުރިއަށް ގެންދަމުންނެވެ. އެއީ، ބުޅަލަށް ފަރުވާ ދޭ ބުޅާ ބަލަހައްޓާ ތަނެއް ހިންގުމުގެ މަސައްކަތެވެ.

ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވާ އެއް ސިޓީކަމުގައިވާ ހަލަބުގައި ޖަލީލު މިކަން ކުރަމުންދާއިރު، ހަނގުރާމައިގެ ސަބަބުން ދަތިތަކެއް، އެކަމަށްވެސް ކުރިމަތިވެއެވެ.

އެމްބިއުލާންސް ޑްރައިވަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންދާ ޖަލީލު، ބުޅާ ކްލިނިކުގެ މަސައްކަތް ހިންގަމުންދަނީ ރައްޓެހިންނާއި، މީސް މީޑިޔާއިން އެހީވާ މީހުންގެ މަދަދުންނެވެ. އަދި، ކްލިނިކުން، ބުޅަލުގެ އިތުރުން، އެހެން ޖަނަވާރަށްވެސް ދަނީ ފަރުވާ ދެމުންނެވެ.

ހަމަލާ ބަދަލުކުރުންތައް ބޮޑުވާ ދުވަސްވަރު، ބުޅާތައްވެސް ސަލާމަތްކުރަން ޖެހެއެވެ. އެކަން އޭނާ ކުރަނީ ކޮންމެ އާއިލާއަކަށް ބުޅަލެއް ދީގެންނެވެ. އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް މި ތަކެތި ބަދަލުކުރަނީވެސް މި ގޮތަށެވެ.

އިންސާނުންނަށް ބޭނުންވާ ބޭހާއި އެނޫންވެސް އެފަދަ ސާމާނު ނުލިބޭ ތަނެއްގައި، ބުޅަލަށް ބޭނުންވާ ބޭސް ހޯދުމަކީ ދަތިކަމެއްކަން، އޭނާވެސް ގަބޫލު ކުރެއެވެ.