ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ކޮށްފިއެވެ.

މިއަދު ޝިދާތާ އާއި ޒިޔާ ކައިވެނި ކުރީ ފެމިލީ ކޯޓުގަ އެވެ. އެ ދެ މީހުން ކައިވެނި ކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ.

އެންގޭޖުވި ދުވަހު ޝިދާތާ ބުނެފައި ވަނީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައި ކަމަށާއި، މިއީ ހަޔާތުގެ އާދަތުރެއްގެ ފެށުން ކަމަށެވެ.

ޝިދާތާ މީގެ ކުރިން އެއް ކައިވެނިކޮށްފައިވާއިރު، ޒިޔާ ދެ ކައިވެނި ކޮށްފައިވެ އެވެ. ޝިދާތާ ކުރިން ކުރި ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށްވެސް ދަރިއަކު ލިބިފައިވެ އެވެ.

ޒިޔާއަކީ މީގެ ކުރިން އެކި ފިލްމުތަކުގައި ސީރިއަސް ރޯލުތައް ކުޅުމުގެ އިތުރުން ވީޑިއޯ ލަވަތައްވެސް ކުޅެފައިވާ ފަންނާނެކެވެ.

ޝިދާތާ އަކީ ރައީސް ޞާލިހްގެ ސަރުކާރުގެ އެންމެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ރަދީފް

  އުފާވެރި ބާއްޖަވެރި ޒަވާޖީ ހަޔާތަކަށް އެދެން. ވ.ވެދުން

  117
  7
 2. ޖަމަލު ފޮޑި

  ލައްކައެއް...

  39
  7
  • ހިޔާލު

   ދެލައްކައެއްނު

   14
   1
 3. Anonymous

  ކިތައްދުވަސް ވާނެބާ

  72
  13
 4. ސަމާ

  މަރުހަބާ.

  71
  7
 5. ސަމޭދާން ބުނި ގަތޫރާ

  ދެބޭފުޅުންނަށް ހަބޭހަށް މަރުހަބާ. ދެން އަވަހަށް ޒިޔާ އަދާލަތަށް ގެނެވޭތޯ ބަލާންވީ.

  51
  7
 6. ޢަހު

  އިސްލާމްދީނާއި އެދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލާފަ ތިބޭމީހުން ތިގޮތަށް ހެދުން އެޅުމުން ވ ލަދު ވެތި

  119
  12
  • މަށަށް އިނގޭ

   އާން. އެއީ އޮންނަ ކަމެއް. އަދި އެއަށް އަރަބިން ކިޔަނީ ޚިތުބާ. އެހެން ނަމަވެސް ބައެއް މީހުން އެކަމުގައި ވެސް ބޭރުގެ އާދަތައް ގެންގުޅުމަކީ ހިތާމަ ކުރާ ކަމެއް. ޖުމްހޫރު އިލްމުވެރިންގެ އަރިހުގައި ކައިވެނި ކުރުމުގެ ކުރިން ޚިތުބާ ނުވަތަ އެންގޭޖް ވުމަކީ ހުއްދަކަމެއް. ☺️

   35
   7
   • ޜަޟީ

    ޢަރަބިން ކުރާގޮތައް ބާ ހުތިހާ ކަމެއް ކުރަން ޖެހެނީ

    6
    3
 7. ރަނާ

  އެންގޭޖް ވުމަކީ އިސްލާމްދީނުގަ އޮންނަ ކަމެއްބާ !

  56
  8
 8. ރަދީފުލް ކުމާރު

  މިކައިވެނީގެ ޚަބަރުތައް އެންގޭޖުވީހިސާބުން ފެށިގެން ކައިވެނީގެގޮށާހަމައަށްދަންދެން "ވަގުތު" ނޫހުން ރައްޔިތުންނާ ތާޒާކަމާއެކު ހިއްސާކުރީތީވެ އެނޫހަށް ވަރަށްބޮޑަށް ޝުކުރުދަންނަވަން.

  49
  9
 9. Bedsheet

  Kobaahey 😂

  25
  2
 10. އަލިބެ

  ސިޔާސީ ދާއިރާގައި މާފުންނާބު އުސްމީހަކަށްވެގެން އަމިއްލައަށް މަޝްހޫރުކަން ހޯދަންވެގެން ފިލްމުކުޅޭ މީހުންނާ އިނަކަސް ކަނބުލޮއަކީ ކަމުދާ މީހެއްނޫނެވެ. ނިކަން ދީނަށް ލޯބިކުރާ މީހަކަށްވެގެން ފިލްމުކުޅޭ މީހުންނާ އިނދެ ކުޑަބުރުގާ އަޅައިގެން އެކިދުހު އެކިގޮތަށް އުޅޭމީހުންނަކަށް އަހަރެމެން ސަޕޯޓެއް ނުކުރަމެވެ.

  27
  4
 11. ޢަދުރޭ

  ޒިޔާ ކަލޭ މީހެެއްގެ ހިތްހަލާކު ނުކުރާތި . ރަނގަޅު ކަމެއް ތި ކުރީ

  38
  2
 12. އޯކޭ

  ތިޔަދޫނި ޖޯޑް އެކީގައި އުފަލުގައި އުޅޭށެވެ މަރުހަބާ

  43
  4
 13. ބޭބެ

  ޒިޔާ ހާދަ ކަންބޮޑުވެފަ ހުރި ގޮތަކަށް ތިހުރީ، މާޔޫސްވެފަތަ؟

  11
  3
 14. ހުދުކާފޫރު.

  ވަރަށްވެސް ނުގުޅޭ ޖޯޑެއް. އަދި ސަފުން ޒިޔާގެ ބޮލަށް ހަދާފަ އެހެރަ މުޑުދާރު ގޮތަކުން ވ ވ ވ ފޫހި.

  28
  4
 15. ކަމަނަ

  ސުމެއް ހަމަ. ޒިޔާގެ ބޮލުގަ ކުލަ ޖައްސާފަ ހުރިގޮތް ވަރަށް ހަޑި.

  27
  4
 16. ޙަބީބު.

  ލަވަކިޔާ ފިލްމުކުޅޭ މީހަކަ އްވުރެ ކުނިކަހާ ކަޅުފަގީރަކުވެސް މާރަނގަޅު ލަވަޔާ މިޔުޒިކު ކުޅުމަކީ ހަރާމްކަމެ އް އަސްލު އަނބިންރީތީ ހެޔޮލަފާވެފަ ފިރިމީހާޔައ އް ކިޔަމަންވެ ގޭގެ އޮޅިގަނޑު ސާބިތުކަންމަތީ ބަލަހައްޓާނަމަ އަސްލު އަނބިން ރީތީ ޔަހޫދީން ކޮޕީނުކޮ އް ސުންނަތަ އް އުޅޭނަމަ

  29
  3
 17. މައިފްރައިޑޭ

  ބޮޑު ހެދުން ލައިގެން ބޮޑު ބުރުގާ އަޅައިގެން އުޅުނު އަންހެނަކު މިހާރު ހެދުން އަޅާގޮތް މިފެންނަނީ. ދެން ފެންނާނީ މިއަށްވުރެ ނިވާކަން ކުޑަ ހެދުމުގަ ނުކުމެ ނަށަން އުޅެނިކޮށްކަންނޭނގެ.

  23
  3
  • ޜަޟީ

   ކުޑަ ބުރުގާ އެއް ވެސް އެޅިދާނެއެއް ނު

   8
   1
 18. ل م

  بارك الله فيكما وبارك عليكما وجمع بينكما بخير !

  10
 19. ސިދުގީ

  ތިޔަ މަންޖެގެވެސް ދުވަސް ތިދިޔައއީހެން ހީވަނީ.

  14
  4
 20. Anonymous

  މަރްޙަބާ ދެކަނބަލުން.
  ދެން ލަވައަކުން ވެސް ފެނިދާނެކަމަށް އުއްމީދު ކުރަން.

  23
  1
 21. ޚާރު

  ސިދާ ބްލެކް މެ އިލް ކުރިން ޑީޕީ ކުދިން ފޮނުވި އެޖެންޓް ތީ؟؟

 22. ވަކަރޭ

  އެމްޑީޕީ ހިންގި ބޮޑު ބިޔަ މަޝްރޫއެއްގެ ތެރެއިން ދީނަށް ލޯބިކުރި މީހެެއް ޒަމާނީ މަގުފުރެއްދިއަކަށް ބަދަލުކޮށްލުމުން ރިލީޒްވާ އެޕިސޯޑުތައް. ކަންބޮޑުނުވީ ނަޝީދުގެ ފިލާސަފީ ހުއްޓުމެއްނެތި ކުރިއަށްދޭ

 23. ގުއިދާތާ

  ކައިވެނި އަކީ ކުޅިކުޅިވަރަށް ކުރާ އެއްޗެއް ނޫން، 2 މީހުން ވެސް ރަނގަޅަށް އުޅެވޭތޯ ބަލާތި

 24. ދީ

  ލަދުން ބޯ ހަ؛ލާކު

 25. ބެއްޔާ

  މިއުޅޭ މޫނު ބުރުގާ އަޅައިގެން އުޅޭ ކުދިންވެސް ތިބެނީ އަބަދު ވަރިވެ ދެވަނަ މީހަކާ ކައިވެނި ކޮއް! ދުވަހަކު ހަރުލާތަނެއް ނުފެނޭ! މިކަންވެސް އެހެން ނުވެއްޖެއްޔާ ރަގަޅު.