ބޭނުންވާނެ ތަކެތި:

500 ގުރާމު ޓެންޑަލޮއިން ބީފް (ސާފުކޮށްފައި، ހިމަދިގުކޮށް ކޮށާފައި)

300 ގުރާމު ކަންކުން ފަތް (ދޮވެފައި، ބޮޑެތިކޮށް ކޮށާފައި)

2 ފިޔާ (ބޮޑު، ފަޅިކޮށްފައި، އަރިމަތިން ކޮށާފައި)

1 މޭޒުމަތީސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)

3 މޭޒުމަތީސަމުސާ ތެޔޮ

4 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް

3 މޭޒުމަތީސަމުސާ ސޯޔާ ސޯސް

½ ސައިސަމުސާ ފިޝް ސޯސް

½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

½ ޖޯޑު ފެން

ގިތެޔޮމިރުސް (ބޭނުން ވާ ވަރަކަށް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވަޔަށް ތެޔޮ އަޅާ، ހޫނުކޮށްލާނީއެވެ. އެއަށްފަހު ބީފް އަޅާފައި ބީފުން ނުކުންނަ ފެން ހިކެންދެން ކައްކާނީއެވެ. ދެން ލޮނުމެދާއި ފިޔާ އަޅައިގެން އެއްކުރަމުން ކައްކާނީއެވެ. އެއަށްފަހު ފިޔާކޮޅު މޯޅިވުމުން އޮއިސްޓާ ސޯސް، ސޯޔާ ސޯސް، ފިޝް ސޯސް، އަސޭމިރުސް، ގިތެޔޮމިރުސް އަޅައިގެން 3 މިނެޓު ކައްކާނީއެވެ. ދެން އޭގެ ތެރެއަށް ކަންކުން ފަތްތައް އެޅުމަށް ފަހު، އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން ބައި ޖޯޑު ފެން އަޅައި ފަތްތައް މޯޅިވަންދެން ކައްކާނީއެވެ.

ކިޔުންތެރިންގެ ހިޔާލު