އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަށް އެމެރިކާގެ މިޔުޒިކަލް ޝޯއެއް ކަމަށްވާ ''ސަޓަޓޭ ނައިޓް ލައިވް'' ޝޯ ހުށަހަޅައިދިނުމާއި މެހެމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ދިން ސަޕްރައިޒްގެ ސަބަބުން ނިކް ހުރީ ވަރަށް އުފަލުންނެވެ.

ޕްރިޔަންކާ މިހާރު މަސައްކަތް ކުރަމުންދާ ފިލުމުގެ ޝޫޓިންއާއި ލަންޑަނުގެ ލޮކްޑައުންގެ ސަބަބުން ނިކްއާއި ދުރުގައި މަސް ދުވަސް ހޭދަވެފައިވީ ނަމަވެސް ނިކްއަށް ލިބުނު މި އުފަލުގައި ބައިވެރިވުމުގެ ގޮތުން ޕްރިޔަންކާއާއި ނިކް އެމެރިކާގައި ދިރިއުޅޭ ގޭގައި ފުއްޕާހަމުން ޖަރީކޮށް ޕްރިޔަންކާ ވަނީ ނިކްއަށް މަރުހަބާ ކިޔައިފައެވެ.

ނިކްގެ އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ނިކްވަނީ އޭނާގެ އަންހެނުން ލަންޑަންގައި ހުރުގެން ދިން ހާއްސަ ސަޕްރައިޒް ދައްކާލާ ޕްރިޔަންކާއަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ޕްރިޔަންކާއަކީ އެންމެ ''ބެސްޓް'' ކަމަށާއި ސަޓަޓޭ ނައިޓް ލައިވް (އެސްއެންއެލް) އަށް ތައްޔާރު ކަމަށް ވެސް ނިކްގެ މި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

ފެބްރުވަރީ 27 ގައި އޮތް މި ޝޯއާއި ގުޅިގެން ނިކް އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއް ޕްރިޔަންކާގެ އިންސްޓަގުރާމު ސްޓޯރީގައި ހިއްސާކޮށް ބުނެފައިވަނީ ނިކްގެ އެ ކާމިޔާބީއަށާއި ނިކްއަށް ފަޚުރުވެރިވާ ކަމަށެވެ.

 

View this post on Instagram

 

A post shared by NICK JONɅS (@nickjonas)

ރިޕޯޓްތަކުން ބުނާގޮތުގައި އެސްއެންއެލްގެ މި ޝޯގައި ނިކް ބައިވެރިވާނީ އަންނަ ހަފްތާގައި ކަމަށާއި އަދި މި ޝޯގައި ނިކްގެ ސިންގަލް ''ސްޕޭސްމަން'' ވެސް ހުށަހަޅައިދޭނެ ކަމަށެވެ.

ނިކްއާއި ޕްރިޔަންކާއަކީ އެދެމީހުންގެ ލޯބި ހާމަކުރުމުގައި އަދި އެކަކު އަނެކަކަށް ސަޕްރައިޒް ދިނުމުގައި ވެސް ވަރަށް ފާހަގަ ކޮށްލެވޭ ދެމަފިރިންނެވެ.