އާއްމުގޮތެއްގައި އެންމެ ރަނގަޅު އިރުޝާދެއް ދެވެނީ އުމުރުން ދުވަސްވެފައިވާ މީހުންނަށެވެ. އެއީ އެމީހުންނަކީ ދުނިޔޭގައި ގިނަ ދުވަހު އުޅެ ގިނަ ކަންތައްތަކަކާއި ކުރިމަތިލާފައި ތަޖުރިބާ ކޮށްފައިވާ މީހުން ކަމަށް ވުމުންނެވެ.
އުފާވެރި ދިރިއުޅުމަކަށް އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިކަން މިފަހަރު ހިއްސާ ކޮށްފައި މިވަނީ އުމުރުން 100 އަހަރުގެ ލިއޮނޯރާ ރޭމަންޑްއެވެ. ހިޔުމަންސް އޮފް ބޮމްބޭގެ ނަމުގައި ހިންގާ އިންސްޓަގުރާމު އެކައުންޓެއްގައި ހިއްސާ ކޮށްފައިވާ ވީޑިއޯގައި ލިއޮނޯރާ ވަނީ އުފާވެރި ދިރިއުޅުމެއް އުޅުމަށް މުހިންމު 5 ކަމެއް ހިއްސާ ކޮށްފައެވެ.
މާޖެހި ހެދުމެއް ލައިގެން ބޮލުގައި ތޮތްޕެއް އަޅައިލައިގެން ހުރެ ލިއޮނޯރާގެ 100 އަހަރުގެ ތަޖުރިބާއިން އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ކަންތައްތަކެއް ފާހަގަކޮށް އޭގެ ތެރެއިން 5 ކަމެއް އޭނާ ކިޔައިދީފައި ވެއެވެ.
އުފަލުގައި ހުރުމަށް އުމުރުން 100 އަހަރުގެ ލިއޮނޯރާގެ 5 އިރުޝާދުގެ ތެރެއިން ފުރަތަމަ ކަމަކީ ވަގުތު ޖެހެންދެން ހުސްހަށިބައިކޮށް ހުރުމެވެ. ދެވަނަ ކަމަކީ ގެންގުޅޭ މޯބައިލް ފޯނާއި ދުރުވުމެވެ. ތިންވަނަ ކަމަކީ ކޮންމެ އަހަރަކު ވެސް އެއް މަހަށްވާ ވަރުގެ މުސާރައެއް ރައްކާ ކޮށްފައި ބެހެއްޓުމެވެ. ހަތަރުވަނަ ކަމަށް އޭނާ ބުނެފައިވަނީ ދިރިއުޅުން މާ ސީރިއަސްކޮށް ނުނެގުމަށެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކޮށްފައިވަނީ ހިނިތުން ނުވެ ހުރި މީހެއް ފެނިއްޖެ ނަމަ އެމީހާއަށް ހިނިތުން ވެލުމެވެ.
މި 5 އިރުޝާދަކީ މިހާރުގެ ޒުވާނުންނަށް ވަރަށް ބޭނުންތެރި 5 އިރުޝާދު ކަމަށް މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ގިނަ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މި ވީޑިއޯއަކީ ބައެއް މީހުންނަށް މިހާތަނަށް ބެލުނު އެންމެ ކަމުދާ ވީޑިއޯ ކަމުގައި ވެސް ބުނެފައިވެއެވެ.
މީގެ 100 އަހަރު ކުރިން އުޅުނު މީހަކު ފޯނާ ދުރުވާށޭ ބުނީމަ ވަނީ ޖޯކަކައް، އޭރު ގެންގުޅޭ ފޯނާ ކައިރި ވަނީވެސް ކިހިނެއް ؟؟ ބައްތިފޯން ހުންނާނީ.. މީނަ އައް ކިހިނެއް އެނގޭނީ ޓިކްޓޮކާ ގްރާމާ ފޭސްބުކާ ޓުވިޓާ !؟!؟
މީނަ އުމުރުން 80 އަހަރުގަ މި އެއްޗެހި އުފަންވީވެސް.
ސާބަސް ސަނީ އޭނާ އެބުނީ ކުރިން ޅަ އިރު އެކަންކަމާ
ދުރުވެ ހުރެވުނީމަަ އޭ އުމުރު ދިގުވީ
އެކަން ކަމާ ދުރުވަނީ ކިހިނެއްހޭ ؟
ޢެކަމާ ކައިރިވާން އުޅުނަސް، ބޭނުމަސް، ނެތް އެއްޗަކާ ކައިރި ނުވެވޭނުންހޭ !؟ އޭނަ ޅައިރު މި ހުރިހާ ސޯސަލް މީޑިއާއެއް ނެތޭ..
އޭރުއްސެރެ އެ ހުރިހާ ސޯސަލް މީޑިއާ ހުރިނަމަ މި މީހާ ހަމަ އެއިން އެއްޗަކާ ކައިރިނުވާނޭ ބުނާނީ މޮޔައެއް !؟
ސަނީ ކަލޭ ކަހަލަ ގަމާރުންނެއް ނޫނޭ ހުސްތިބެނީ. އެ ދައްތަ ކަލެޔައްވުރެން މިހާރުވެސް ސިކުންޑި މާރަނގަޅު ވާނެ
ޕްލީޒް ރެސްފެކްޓް!