އެކްޓަރ ރަންވީރު ސިންގްއާއި އެކްޓްރެސް ދީޕިކާ ޕާޑުކޯންއަކީ ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ ދެމަފިރިންނެވެ. ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެފަންނާނުން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

ރަންވީރުއާއި ދީޕިކާއަކީ ހިތްގައިމު ރީތި ފިލުމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ އިތުރުން މީސް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާއި ގުޅިގެން އުޅޭ ދެ މީހުންނެވެ.

2015 ވަނަ އަހަރު އިންސްޓަގުރާމުގައި ރަންވީރު ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ ދީޕިކާއާއި ރަންވީރު ވަރަށް ދެރަވެފައި ހުއްޓައެވެ. މި ފޮޓޯގައި ދެމީހުން ވެސް ދެރަވެފައި ތިބީ އެމީހުންގެ ޕޫނޭ ދަތުރު ކެންސަލްވުމުން ކަމަށް ރަންވީރުގެ މި ޕޯސްޓުގައި ބުނެފައިވެއެވެ.

2015 ވަނަ އަހަރު ރަންވީރުއާއި ދީޕިކާ އެކުގައި ފެނިގެން ދިޔަ ފިލުމު ''ބާޖިރާއޯ މަސްތާނީ'' ގެ ޕްރޮމޯޝަންއަށް ޕޫނާއަށް ދިޔުމަށް ތާވަލު ކުރެވިފައިވާ ދަތުރު ކެންސަލް ވެފައިވަނީ މޫސުމު ގޯސްވުމުގެ ސަބަބުން ކަމަށް ވެސް ރަންވީރުގެ އިންސްޓަގުރާމު ޕޯސްޓުގައި ލިޔެފައިވެއެވެ.

ދީޕިކާއަށް ޓެގް ކޮށްފައިވާ މި ޕޯސްޓަށް ވަނީ އެތައް ބަޔަކު ލައިކްދީފައެވެ. ޕޫނޭ ދަތުރު ކެންސަލްވުމުން ދެރަވެފައި ތިބި ރަންވީރުއާއި ދީޕިކާ މި ފޮޓޯގައި ވަރަށް ވެސް ހިތްގައިމެވެ.

މި ޕޯސްޓުގެ އިތުރަށް ވެސް ދީޕިކާއާއި ރަންވީރުގެ އިންސްޓަގުރާމުން އެމީހުންގެ އަސްލު ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ސަނީ އިންސްޓަގުރާމު މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.

ދީޕިކާއާއި ރަންވީރުގެ ފިލުމީ މަސައްކަތަށް ބަލާއިރު މި ދެ ފަންނާނުން ދެން އެންމެ އަވަހަށް ފެނިގެންދާނީ ކުރިކެޓް ކުޅުންތެރިއެއްގެ ހަޔާތް ދައްކުވައިދޭ، ކަބީރު ސިންގްގެ ފިލުމު ''83'' ންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުރޭ 1122

    އަހަރެމެނަށް ދެން ކޮން ބަލއެއް؟ ބަލާކަށްވެސް ބޭނުމެއްނޫން! ތިހަބަރުވެސް ނުކިޔާނަން!

    4
    2
  2. ލާދީނީ އަންނި

    ދެރަވެފަތަ އެތިބީ ތުން ދަމާފައެއްނޫންތަ...؟؟

    6
    1