ސައިފް އަލީ ޚާނާއި ކަރީނާގެ ކަޕޫރު ޚާނަށް އިއްޔެ ވަނީ އެމީހުންގެ ދެވަނަ ދަރިއަކު ލިބިފައެވެ. އެމީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާންގެ ނަން ވަރަށް އަވަހަށް ހާމަކުރި ނަމަވެސް މިފަހަރު ލިބުނު ދަރިފުޅުގެ ނަން އަވަހަށް ހާމަ ނުކުރާނެ ކަމަށް ވެސް ކަރީނާ ބުނެފައިވެއެވެ.

ކަރީނާ މިހެން ބުނެފައިވަނީ ތައިމޫރުގެ ނަން އަވަހަށް ހާމަކުރުމުން އެ ނަމަށް މީހުން ފާޑުކިޔައި ހެދުމުންނެވެ. ކަރީނާއަކީ އިންސްޓަގުރާމުގައި ވަރަށް ހަރަކާތްތެރި މީހެއް ނަމަވެސް ކަރީނާގެ ދެވަނަ ދަރިފުޅުގެ ކަންތައްތައް އިންސްޓަގުރާމުގައި ހިއްސާނުކުރާނެ ކަމަށް ވެސް ކަރީނާ ބުނެފައިވެއެވެ.

ނަމަވެސް ފަހުން ވެސް ދެވަނަ ދަރިފުޅުގެ ނަން އާއްމު ކުރާނީ ކަރީނާ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ނޭހާ ދޫޕިއާގެ ޝޯގައި ވިހެއުމުގެ ކުރިން ވާހަކަ ދައްކަމުން ކަރީނާ ބުނެފައިވަނީ އޭނާގެ ދެވަނަ ދަރިފުޅަށް ކިޔާނެ ނަމެއް އަދި މުޅިން ފައިނަލް ނުވާ ކަމަށާއި އަދި ނަން ކިޔުމަށް ފަހުގައި ވެސް ނަން ހާމަކުރާނީ ވަރަށް ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.

ކަރީނާއާއި ސައިފުގެ ސަޕޯޓަރުންގެ އިތުރަށް މީޑިއާގެ ފަރާތްތަކުން ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދަނީ ކަރީނާ ވިހެއި ދަރިފުޅުގެ ނަން ހާމަކުރާނެ ވަގުތަކަށެވެ.

ސައިފް އަލީ ޚާންގެ ހަތަރުވަނަ ދަރިފުޅު ވިހަންވާއިރަށް ދަރިފުޅާއި އަދި ކަރީނާއާއި އެކު ވަގުތު ހޭދަ ކުރުމަށާއި ތައިމޫރުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ސައިފް ވަނީ ޗުއްޓީ ވެސް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދުކަ

    ދެން ކިހިނެއް ހަދާނީ... މިރޭ ނުވެސް ނިދޭނެ އަޅޭ ހާދަ ދެރައޭ

    7
    1
  2. ސުޖާ

    ތައިމޫރަށްފަހު ދެން ރީތީ މައިމޫން. ތައިމޫރު ، މައިމޫނު، ކިހާ ގުޅޭ؟

    10
  3. ޅޮސްމާލު

    ތައިމޫރު އާއި އެންމެ ގޫޅޭ ނަމެއްކަމަށް މަގޭ ސިކުނޑިއަށް ވިސްނެނީ ތަރުމޯޒު އަނެއްކާ އެހާމެ ބޭނުންހިފޭ އެއްޗެއްގެ އެހާ ރީތި ނަމެއް އަނެއްކާ އިތުރު މީހަކު މިނަން އެ މީހުންގެ ދަރިންނަށް ކިޔާނެހެނެއް ހިޔެއް ނުވޭ އެހެންވީމަ ޅޮސްމާލު ބުނާނީ ކަރީނާ ކޮއްކޮ ކައިރީ ސައިފްބެ ކައިރީ ބުނެގެން އަވަހަށް ތަރުމޯޒު ކިޔާށޭ !

    5
    3