ޖޯން އަބްރަހަމްގެ "އެޓޭކް" އަންނަ އޮގަސްޓު މަހު ނެރޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޖޯންގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާ ތަރީންނަކީ ރަކުލް ޕްރީތު އާއި ޖެކަލީން ފާނަންޑޭޒްއެވެ.

މި ފިލްމުގެ ވާހަކަ ލިޔެ އަދި ޑައިރެކްޓް ކޮށްފައި ވަނީ ލަކްޝްޔާ ރާޖް އަނަންދްއެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ޖޯން އަބްރަހަމް އާއި ޖަޔަންތިލާލް ގާދާ ގެ އިތުރުން އަޖޭ ކަޕޫރްއެވެ.

މި ފިލްމުގެ ޝޫޓިން ފައްޓާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި ފިލްމުގެ ޝޫޓިން ވަނީ މެދުކަނޑާލާފައެވެ.

ޖޯން އަބްރަހަމް ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ "ސަތިޔަމޭވް ޖަޔަތޭ 2" އިންނެވެ. މި ފިލްމު ރިލީޒް ކުރާނީ މެއި މަހުއެވެ.