އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ފިލްމީ ތަރި ބިޕާޝާ ބާސޫ އާއި ކަރަން ސިންގ ގްރޯވާ ރާއްޖެ އަތުވެއްޖެއެވެ.

ބަތަލާ ބިޕާޝާ ބާސޫ އަކީ މީސްމީޑިއާގައި ވަރަށް އެކްޓިވް ފަންނާނަކަށް ވާއިރު އޭނާގެ އިންސްޓަގްރާމުގައި މިވަނީ ރާއްޖެއަށް އައިސް ނަގާފައިވާ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

ކަރަން ސިންގެ އުފަން ދުވަސް ފާހަގަ ކުރުމަށް އެ ދެމަފިރިން ރާއްޖެ އައިސްފައިވާއިރު ކަރަން ގެ އުފަން ދުވަހަކީ މާދަމާއެވެ. މި އަހަރު އޭނާ އަށް ވަނީ 39 އަހަރެވެ.

އިރުއޮއްސޭ ގަޑީގައި ކަރަން އާއި ބިޕާޝާ ނަގާފައިވާ ފޮޓޯތައް ބިޕާޝާގެ އިންސްޓަގްރާމަށް ލާފައިވާއިރު ރާއްޖެ އަށް އައިސް ބިޕާޝާ ނަގާފައިވާ ވީޑިއޯއެއްވެސް ވަނީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ.

މީގެކުރިން ވެސް ބިޕާޝާ އާއި ކަރަން ރާއްޖެ އަށް އައިސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު