ކައިވެނީގެ އަނގޮއްޓިއަކީ ގިނަ ބަޔަކަށް އަގު ހުރި ހަދިޔާއެކެވެ. އެތައް ދުވަހެއް ވަންދެން ފައިސާ އެއްކޮށްގެން ކައިވެނި ކުރާ އިރު ގަންނަ އަނގޮއްޓިއަކީ ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. އެެހެންކަމުން އެ އަނގޮއްޓި ގެއްލުމަކީ ވަރަށް ބޮޑަށް ހިތްދަތި ވާނެ ކަމެއްކަން ޔަގީނެވެ. އިނގިރޭސި ވިިލާތުގައި މީހެއްގެ އަނގޮއްޓީ ބޮޑު ކުނި ފުންޏެއްގެ ތެރެއަށް ގެއްލުނު ހިސާބުން އޭނާ އަށް ލިބުނީ ބޮޑު ހިތްދަތި ކަމެކެވެ.

ލޯބިވެރިންގެ ދުވަހު ޖޭމްސް ރޮސް ކިޔާ މީހެއްގެ އަނގޮއްޓި ގެއްލުމާ އެކު އެ އަނގޮއްޓީ ހޯދަން އެ ކުނި ފެކްޓްރީގެ ސްޓާފުން ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. ޖޭމްސް މީޑިއާ އަށް ބުނީ އޭނާގެ އަނގޮއްޓި ކުނިތައް ތެރެއަށް ގެއްލުނީ ގޭގެ ކުނި އަޅަން ޚާއްސަ ސަރަހައްދަށް ކުނި އެޅުމުގެ ތެރޭގައި ކަމަށެވެ. އެ ހިސާބުން އޭނާގެ އަނގޮއްޓި އަނބުރާ ފެނިދާނެ ކަމުގެ އުންމީދު އެއްވެސް ވަރަަކަށް ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޭރު ގައުމުތަކުގައި ގިނަ ގޭގޭގައި ކުނި އުކާ ގޮތަށް ހަމަޖެހިފައި ހުންނަނީ ކުނި ގޮޅިއެއް ކަހަލަ ތަނަކަށެވެ. އެ ހިސާބުން ކުނި އެތި ތެރެއަށް ގެއްލޭ އެއްޗެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެ ހިސާބުގެ ކުނި ނެގުމަށް ހަރަކާތްތެރިވާ ކުންފުނިން ވަނީ އެ ދުވަހު އެއް ކުރި ހުރިހާ ކުނިތަކެއް ހޯދައިގެން އެ އަނގޮއްޓި ހޯދައިފައެވެ. އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުރި މަސައްކަތުން އެންމެ 20 މިނިޓް ތެރޭގައި އެ އަނގޮއްޓި ވަނީ ހޯދައިފައެވެ.

އިނގިރޭސި ވިލާތުގެ ޓައިންސައިޑު ކައުންސިލްގައި މި ހާދިސާ ހިނގި އިރު، އެ ސަރަހައްދުގެ ކުނީގެ ކަންކަން ބަލަަހައްޓަނީ ސުއޭޒް ކިޔާ ބައެކެވެ.

ގެއްލުނު އަނގޮއްޓި އަކީ ޖޭމްސްގެ ދެމަފިިރިންނަށް ވަރަށް ޚާއްސަ އަނގޮއްޓިއެކެވެ. 2009 އިން ފެށިގެން ޖޭމްސްގެ އަތުގައި އޮތް އެ އަނގޮއްޓީގައި އޭނާގެ އަނބިމީހާގެ އަތު ލިޔުމުން ލިޔެފައިވާ ލިޔުމެއް ހުއްޓެެވެ. އެހެންކަމުން އެ އަނގޮއްޓިއަކި އިއާދަކުރެވޭނެ އެއްޗެއް ނޫން ކަމަށް ޖޭމްސް ވަނީ ބުނެފައެވެ. އިނގިރޭސިވިލާތް ފަދަ ގައުމެއްގައި ކުނިތަކެއް ތެރެއަށް ގެއްލޭ އެއްޗެއް ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެެވެ.

ކިޔުންތެރިންގެ ހިޔާލު