އާބާދީ އިތުރުވުމާ ގުޅިގެން ދުނިޔޭގެ ގިނަ މީހުން މިވަނީ އެކަނި އުޅެން ޖެހިފައެވެ.

އެމެރިކާގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާގެ ދުވަހަކުވެސް ކައިވެންޏެއްކޮށްފައި ނުވާ މީހުންނާ ކައިވެނި ރޫޅި އަދި އެކަނިމާ އެކަނި އުޅޭ މީހުންގެ މިންވަރު މިވަނީ އެތައް އަހަރެއް ވަންދެން އެއް ވަރެއްގައި ހިފެހެއްޓިފައެވެ.

ދިރާސާތަކުން ދައްކާ "ސިންގަލް"ކޮށް ތިބޭ މީހުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ވުރެން މާ އުފާވެރިއެވެ.

ޕްރޮފެސަރު އެލްޔަކިމް ކިސްލެވް ބުނާ ގޮތުގައި ސިންގަލްކޮށް އުޅޭ ނަމަ އެމީހަކު އުޅޭނެ ގޮތެއް އެމީހަކަށް ނިންމޭނެ ކަަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެކަނި އުޅުމަކީ ނާކާމިޔާބުވުމެއް ވެސް ނޫނެވެ. ސިންގަލްކޮށް އުޅުމަކީ ބައެއް ފަހަރަށް މީހުންނާ އެކީ އުޅުމަށް ވުރެ މާ ފާއިދާ ހުރި ކަމެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި އެކަނިވެރި އަދި ސިންގަލްކޮށް އުޅޭ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، އިޓަލީ އަދި ސްވިޑެން ހިމެނެއެވެ.

ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ކައިވެެނި ކޮށްގެން އުޅޭ ގިނަ މީހުންނަކީ ވެސް އެކަނިވެރިކަން ތަހަންމަލް ކުރަމުން ދާ މީހުންނެވެ.

އެމެރިކާގެ ބޯހިމެނުމާއި ބެހޭ ބިއުރޯ އާއި އަދި ޔޫރަޕްގެ އިޖްތިމާއީ ސާވޭގެ ތަފާސް ހިސާބު ހެދުމުގައި ކިސްލެވް ވަނީ 30 އަށް ވުރެ ގިނަ ގައުމުތަކުގެ ގުޅުންތައް ހުންނަ ގޮތާ މެދު ބަލައި ދިރާސާ ކޮއްފައިވެއެވެ އަދި އެމެރިކާ އަދި ޔޫރަޕްގެ އެކަނިވެރިކޮށް އުޅޭ 30 އަހަރާއި 78 އަހަރުގެ ދެ ޖިންސްގެ 140 މީހުންނާ ސުވާލު ކޮށްފައިވެއެވެ.

އޭބާ ވަނީ އެކަނިމާއެކަނި އުފަލުގައި އުޅޭ މީހުންނާއި ހިތްދަތިކަމުގައި އުޅޭ އެކަނިވެރިންގެ މެދުގައި ހުންނަ ފަރަގު ހޯދައިފައެވެ. ގިނަ ފަހަރަށް މިގޮތަށް ވަނީ އެމީހުން ވިސްނުން ހުންނަ ގޮތުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އެކަނިވެރިކޮށް އުޅެން ޖެހެނީ ރަނގަޅު މީހަކާ ދިމާނުވާތީ އެވެ. މިފަދަ މީހުން އުޅެން ޖެެހިފައިވަނީ ހިތްދަތި ދިރިއުޅުމެކެވެ. ސަބަބަކީ އެމީހުން އެމީހުން މުސްކުޅިވެ ނިމިގެންދާނީ އެގޮތަށް ކަމަށް ވިސްނާތީއެވެ. މިއާ ހިލާފަށް އުފަލުގައ،ި އެކަނި އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެމީހުންގެ އެކަނިވެރި ވަގުތު ހިތްހަމަޖެހޭ ކަމެއް ކޮށްލާ ހުސް ވަގުތުގެ ބޭނުން ހިފައެވެ. މި މީހުން އެކި ގައުމުތަކަށް ދަތުރު ކުރުމާއި ކުރާނެ އެކި އެކި ކަންތައް ހޯދައި ބަލައި އުޅެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ފިރިމީހާ މަރުވެފައި ތިބޭ މީޙުން، ވަރިވެފައި ތިބޭ މީހުން އަދި ދުވަހަކުވެސް ކައިވެންޏެއްކޮށްފައި ނުވާ މީހުން އެމީހުންގެ ގާތް ރައްޓެހިންނާ އެކީ ވަގުތު ހޭދަ ކުރަނީ ކައިވެނި ކޮށްގެން އުޅޭ މީހުންނާ އަޅާ ބަލާއިރު 45 އިންސައްތަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ އަންނި

    ކައިވެންޏެއް ނުކޮއް ސިންގަލް ކޮއްހުރީމަ ބޭނުން ކޮންމެ މީހަކާ އެކު ގަނޑުގަނެފަ އެއީ ކަމަކައް ނަހަދާ މިނިވަންކަންމަތީ އުޅެވޭނުން އެހެންވީމަ އެމީހުން ވަރަށް އުފާވެރިވާނެ.

    7
    2
  2. ސޭ

    ތިއޭ ގިނަ ދިވެހިންނަށް ދަސްނުވެފަ އޮތްކަމަކީ ސިންގަލްކޮށް ހުންނާކަށް ނޭނގޭ ކައިވެނިކޮށްގެން އުޅޭކަށް ނޭނގޭ އަހަރެއް ތެރޭ ދިހަބާރަ މީހުންނާ ކައިވެނި ކުރޭ.

    10
    1