ބިގްބޮސް 14 އިން ދެވަނަ މަގާމް ހޯދާފައިވާ ރާހުލް ވެއިދްޔާ ފެބްރުައަރީ 21 ވަނަ ދުވަހު ބިގްބޮސްގެ ގެއިން ބޭރަށް ނިކުތުމާއި އެކު މިވަނީ އެންމެ ފަހުން އޭނާގެ ލޯބިވެރިޔާ ދިޝާއާއި ބައްދަލު ކުރުމުގެ ނަސީބު ލިބިފައެވެ. ލަވަކިޔުންތެރިޔާ ރާހުލް ވެއިދިޔާ ވަނީ އޭނާގެ ލޯވބިވެރިޔާ އާއި އެކީ ފޮޓޯއަކަށް ޕަޕަރާޒީން ކުރިމަތީގައި ހުއްޓިލާފައެވެ.

ރާހުލް ވަނީ ބިގްބޮސްގެ ހަނދާނީ އެއްޗެއްގެ ގޮތުން އޭނާ ފެން ބޯން ގެންގުޅުނު ފުޅި ދިޝާއަށް ހަދިޔާކޮއްފައެވެ. އެފުޅީގައި ދިޝާގެ ނަން ލިޔެވިފައިވެއެވެ. ދިޝާ ވަނީ މި ފުޅީގެ ފޮޓޯއެއް މީސްމީޑިއާއާއި ހިއްސާކޮށްފައެވެ. އެނާ ހިއްސާ ކޮށްފައިވާ ފޮޓޯގެ ފަހަތުން ފެނިގެންދަނީ ރާހުލްއަށް މަރުހަބާ ކިއުމުގެ ގޮތުން ފުއްޕާހަން ތަކުން ރީތި ކުރެވިފައިވާ މަންޒަރެވެ.

ބިގްބޮސްގެ ގެއިން ނިކުތުމަށްފަހު ރާހުލް ފެނިގެންދިޔައީ އޭނާގެ ލޯބިވެރިޔާއާއި ބައްދަލުވުމަށް ކެތްމަދުވެފައިވާ މަންޒަރެވެ. އަދި އޭނާ ބުނެފައިވަނީ އޭނާ އެންމެ ބޭނުންވާ އަންހެން ކުއްޖާ އޭނައަށް ލިބިއްޖެކަމަށާއި އެހެން އިތުރު ކަމެއް އޭނާ އަކަށް މުހިންމު ނޫންކަަމަށެވެ.

ރާހުލްވަނީ ބިގްބޮސްގެ ގޭތެރޭގައި މީގެ ކުރިން ދިޝާ ކާރިން ކައިވެންޏަށް އަހާފައެވެ. ލޯބިވެރިންގެ ދުވަހަށް ހާއްސަކޮއްގެން ގެނެސްދިން އެޕިސޯޑްގައި ދިޝާވަނީ ބިގްބޮސްގެއަށް ވަދެ ކައިވެންޏަށް އާއެކޭ ބުނެފައެވެ.

ކައިވެންޏާ ބެހޭގޮތުން ރާވާފައި ހުރިކަންތައްތަކަކީ ކޮބައިތޯ ރާހުލްއާ ސުވާލު ކުރުމުން އެއްވެސް ފަސް ޖެހުމެއް ނެތި އޭނާ ބުނެފައިވަނީ އެނާގެ މަންމަ އެމީހުންގެ ކައިވެނި ޖޫން މަހުގައި ކުރަން ނިންމާފައިވަނީ ނަމަ އެކަންތައް އެގޮތަށް ޖޫން މަހުގައި އޮންނަން ޖެހޭނެ ކަަމަށެވެ

"އަހަރެންގެ ލޯބިވެރިޔާ ދިޝާއާއި ދިމާވީ މިޝޯއިން އަދި އަހަރެން ބިގްބޮސް ގޭގައި ރައްޓެހިވާން އެހުމުން ދިޝާ ބުނީ އާ އެކޭ. ފިނާލީގައި އޭނަ އިށީދެގެން ހުރީ އަހަރެންގ އާއިލާއާއި އެކީގަ. އަހަރެންގެ ވަރުގަދަ ކުރިމަގެއް އެބައޮތް، ސަޕޯޓް ކުރާ މީހުން އެބަތިބި، އަންހެން ކުއްޖެއް އެބައިން، އަހަރެން ދެން އިތުރަށް ބޭނުންވާނީ ކޮން ކަމެއް؟“ ރާހުލް ވެއިދްޔާ ބުންޏެވެ.