އިންޑިއާގެ މިނިސްޓަރަކު އަޝޮކް ނަގަރް ޑިސްޓްރިކްޓުގައި ހުންނަ 50 ފޫޓުގެ އުސް ތަނެއްގައި އިށީންދެގެން ފޯނެއްގައި އިންނަ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ދަނީ ދައުރުވަމުންނެވެ. އޭނާ އަރާ އިނީ އުދޯއްޔެއް ކަހަލަަ އެއްޗަކަށެވެ.

މިހާރު އެ ގައުމުގެ ނޫހެއްގައި އާއްމުކޮށްފާ ފޮޓޯއިން ފެނިގެން ދަނީ އެމްޕީ މިނިސްޓަ އޮފް ސްޓޭޓް ފޯ ޕަބްލިކް ހެލްތް އިންޖީނިއަރިން މިނިސްޓަރު ބްރަޖެންދްރާ ސިންގް ޔަދަވް އަމްޚޯ ވިލޭޖްގެ އުދޯއްޔެއްގައި އިތުރު މީހަކާއެކު ފޯނެއްގައި އިންނަ މަންޒަރެވެ. އޭނާ އެގޮތަށް އިންނަ މަންޒަރުގެ ވީޑީއޯ މީސް މީޑިއާގައި އާއްމުވެފައި ވަނީ އާދީއްތަ ދުވަހުއެވެ.

ފަންސާސް ފޫޓުގެ އުސް އެ އުދޯއްޔަކީ އެ ވިލެޖްގައި ބާއްވާ ބަގްވަރްދް ކަތާ ހުށަހަޅާ ޕްރޮގްރާމް ފެއާގައި މީހުންގެ ސަމާލުކަން ހޯދަން ހަދާފައިވާ އެއްޗެއް ކަމަށް ވެއެވެ.

މިނިސްޓަރު ރިޕޯޓަރުންނަށް ބުނީ، އެ އަވަށުގެ މީހުން އޭނާގެ ގާތަށް މައްސަލައެއްގައި އައި ކަމަށެވެ. ނަމަވެސް ފޯނަށް ސިގްނަލް ނުލިބުމުގެ ސަބަބުން އޭނާއަށް އެ މީހުން ބޭނުންވާ ކަންކަން ނުފުއްދުނު ކަމަށާއި، އެހެންވެ އޭނާ އެ އުނދޯލި މައްޗަށް އެރީ ކަމަށް ބުންޏެވެ.

"އަހަރެން އެ އުނދޯލި މައްޗަށް އެރީ ރަނގަޅު ސިގްނަލް ލިބޭތޯ، އެއީ ކަމާއި ގުޅުން ހުރި އޮފިޝަލުންނަށް، އެތަނުގައި ދިމާވެފައިވާ މައްސަލައެއްގެ މައުލޫމާތު ފޯރުކޮށްދީ، އެ ކަންހައްލު ކުރުުމަށް".

އޭނާއަކީ ބަގްވާދް ކަތާ ހުށަހަޅައިދޭ މީހާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ އެ ވިލޭޖަށް އައިސްފައި ވަނީ ނުވަ ދުވަހަށް ކަމަށް ބުންޏެވެ.

މީގެ ކުރިންވެސް އެތަނުގައި އެފަދަ މައްސަލަތައް ދިމާވެގެން ޓަވަރެއް ހަރުކުރިއެވެ. ނަމަވެސް އެކަން ހައްލު ވެފައެއް ނުވެއެވެ.

މީގެއިތުރުން، އެ އަވަށުގެ ރައްޔިތުން ސިގްނަލް ހޯދަން ގަސް ގަހަށް އަރާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު