އިނގިރޭސި ވިލާތުގެ މަޝްހޫރު ސެލެބްރިޓީ ޗެފް ގޯޑަން ރަމްސީ ގައިގައި ރާއްޖެބަލި (އާތްރައިޓިސް) ހުންނަ ކަމަށާއި ދުވަނިކޮށް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަކުލު ހުޅުގެ ސާޖަރީއެއްކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ވަރަށް މަދު ފަހަރެއްގައި ނޫނީ މެރެތަންތަކުގައި ދުވާ، އަދި ބައިސްކަލް ވެސް ދުއްވާ 54 އަހަރުގެ ކައްކާ، ގޯޑަން ރަމްސީ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޑޮކްޓަރުގެ ލަފާގެ މަތިން ބައެއް ކަންކަން މަދުމަދުން ކުރަން ނިންމާފައިވާ ކަމަށެވެ.

އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފަހު ގޯޑަން ބުނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ޑޭވިޑް ބެކަމް އަކީ ކާއެއްޗެއްސަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ.

ފޮޓޯ: ގޫގުލް

ގޯޑަން ބުނީ ޑޭވިޑް ބެކަމް ގްރޭޓް ބްރިޓިޝް ބޭކް އޮފް ގައި ބައިވެރިވެއްޖެ ނަމަ ހޮވޭނެ ކަމަށެވެ.

ގޯޑަން ރަމްސީގެ ކަކުލަށް އަނިޔާވީ ކޮވިޑާ ގުޅިގެން ފުރަބަންދު އިއުލާން ކޮށްފައި އޮތް ދުވަސްވަރު ކަސްރަތު ކުރަން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. ފައިގެ އެކްސްރޭ ބަލައި ޑޮކްޑަރު ބުނީ ގޯޑަންގެ ފައިގައި ރާއްޖެ ބަލި ހުންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިހާކުރުކުޑޭ

    އެ ހެންވީމާ ތިޔައެކްރޭއިން ހާމަވިގޮތުގައި ތީނަޔާ ދިވެ ހިރާއްޖެއާ ވަރަށްބޮޑުގޮޅުމެއްއެބަވޭ ..

    12
    1